ރާއްޖޭގައި ބޭނުންކުރުމަށާއި ރާއްޖެއިންބޭރަށް އެކްސްޕޯޓް ކުރުމަށް ތަފާތު ބާވަތްތައް އުފައްދާފަރާތްތަކުގެ ދަފްތަރެއް އެކުލަވައިލުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީން ފަށައިފި އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް އެކުލަވައިލެވޭ މިދަފްތަރު އެކުލަވައިލުމުގެ މައިގަނޑު މަގްސަދަކީ، ރާއްޖޭގައި ވިއްކައިގެންނާއި ރާއްޖެއިން ބޭރަށް އެކްސްޕޯޓްކޮށްގެން އާމްދަނީ ހޯދުމަށް ތަކެތި އުފައްދާ ފަރާތްތަކުގެ މައުލޫމާތު ދެނެގަނެ، އެ ފަރާތްތަކުގެ މަސައްކަތް ކުރިއަރުވަން މަގުފަކޮށްދިނުން ކަމަށް މިނިސްޓްރީން ބުންޏެވެ.

އެގޮތުން ރާއްޖެއިން ބޭރުގެ މާކެޓްތަކަށް އެކްސްޕޯޓުކުރެވޭނެ އުފެއްދުންތައް ދެނެގަނެ، ރާއްޖެއާއި އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުން ނުވަތަ އެނޫންވެސް ވިޔަފާރީގެ އެއްބަސްވުންތަކަށް ވަދެފައިވާ ގައުމުތަކަށް އެ އުފެއްދުންތައް އެކްސްޕޯޓް ކުރުމަށް ހުރި ފުރުސަތުތައް ބަލައި އެފުރުސަތުގެ ބޭނުން ހިފުމަށް މަގުފަހިކޮށް ދިނުމެވެ.

ދިވެހި އިގްތިސާދު ސިންދަފާތުކޮށް އުފެއްދުންތެރިކަށް އިތުރުކޮށް އެކްސްޕޯޓު އިތުރުކުރުމަކީ ސަރުކާރުގެ ވަރަށްބޮޑު އަމާޒެކެވެ. އެހެންކަމުން މިފަދަ މަސައްކަތްތައް ކުރާ ފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތައް ދެނެގަނެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އެކި ސިޔާސަތުތައް މެދުވެރިކޮށް އެ ގޮންޖެހުންތަކަށް ހައްލުހޯދައިދީ