1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ވިޔަފާރި

ޓިކްޓޮކް ތަރިއެއްތޯ؟ މިއޮތީ އުފާވެރި ހަބަރެއް، ޓިކްޓޮކް ފަދަ ސޯޝަލް ޕްލެޓްފޯމްތަކުން ފައިސާ ލިބޭގޮތް ހަދަނީ!

PSMM
އިޤްތިޞާދީ ވަޒީރު މުހައްމަދު ސަޢީދު
މަރްޔަމް ޝަފާ ސައީދު
1,543ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ޔޫޓިއުބާއި އިންސްޓަގްރާމާއި ފޭސްބުކާ އަދި ޓިކްޓޮކް ފަދަ ސޯޝަލް ޕްލެޓްފޯމްތަކުން ފައިސާ ލިބޭނެ ގޮތް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް އިގްތިޞާދާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ރޭ ދައުލަތުގެ މީޑިއާއިން ގެނެސްދިން "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ކްރީއޭޓާ އިކޮނޮމީއެއް ގާއިމުކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވީ އެކި ކަހަލަ ކަންކަން ކުރާ ގިނަ އަދަދެއްގެ އުފެއްދުންތެރިން ރާއްޖޭގައި އެބަތިބި ކަމަށެވެ. އެގޮތުން ޔޫޓިއުބާއި އިންސްޓަގްރާމާއި ފޭސްބުކާ އަދި ޓިކްޓޮކް ފަދަ ސޯޝަލް ޕްލެޓްފޯމްތަކަކީ މިއަދު ވިޔަފާރި ކުރެވޭ ގޮތަށް ފަހިވެފައިވާ ޕްލެޓްފޯމްތައް ކަމުގައި ސަޢީދު ވިދާޅުވި އެވެ.

ސޯޝަލްމީޑިއާގެ ޕްލެޓްފޯމެއް ކަމަށްވާ ޓިކްޓޮކާއި އެނޫންވެސް އެފަދަ އެހެން މަންސަތަކުން ފައިސާ ލިބޭނެ ގޮތް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް އިގްތިޞާދާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރޭ "ޕީއެސްއެމް ނިއުސް"ގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ސަޢީދު ވިދާޅުވީ، ސޯޝަލްމީޑިއާގެ އެކި ޕްލެޓްފޯމްތަކަކީ ބޭރުގެ ގައުމުތަކުގެ އުފެއްދުންތެރިން ރަނގަޅު އާމްދަނީއެއް ހޯދަމުން އަންނަ މަންސަތަކެއް ކަމަށެވެ. އެހެން ނަމަވެސް ދިވެހިރާއްޖޭގައި، ދިވެހި އުފެއްދުންތެރިންނަށް އެފަދައިން ފައިސާ ނުހޯދެނީ، ރާއްޖޭގެ މިހާރު އޮތް ނިޒާމުގެ ތެރޭގައި ފައިސާ ބަލައިގަންނާނެ ފަސޭހަ ގޮތްތަކެއް ނެތުމުން ކަން އޭނާ ފާހަގަކުރެއްވިއެވެ.

300 × 250

"ގިނަ އަދަދެއްގެ އުފެއްދުންތެރިން އެބަ ތިބި، އާޓިސްޓުން، މިއުޒިޝަނުން އެކި ކަހަލަ ކްރިއޭޓިވް ކަންކަން ކުރާ، މިސާލަކަށް ޔޫޓިބަކީވެސް މިއަދު ވިޔަފާރި ކުރެވޭ އެއް ސޯޝަލް ޕްލެޓްފޯމް، އިސްނސްޓަގްރާމަކީވެސް ވިޔަފާރި ކުރެވޭ ޕްލެޓްފޯމެއް، ފޭސްބުކް ޓިކްޓޮކް ކަހަލަ އެއްޗެއްސަކީވެސް ހަގީގަތުގައި ގައުމުތަކުން ވިޔަފާރީގެ ތެރެއަށް ވަދެގެން ވަރަށް ބޮޑަށް ހަރަކާތްތެރިވާ އޭރިއާސްތަކެއް، ރާއްޖޭގައި މިކަން ނުކުރެވޭ، ސަބަބަކީ ރާއްޖެއަށް މިހާރު އޮތް ނިޒާމުގެ ތެރޭގައި ނެތް ޕޭމަންޓް ރިސީވް ކުރެވޭނެ ފަސޭހަ ގޮތްތަކެއް،" - އިގްތިޞާދާ ބެހޭ ވަޒީރު މުހައްމަދު ސައީދު

އެހެން ކަމުން، އެކަން ހައްލުކުރުމަށް ވަރަށް ގިނަ މަސައްކަތްތައް އަދުގެ ސަރުކާރުން ކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

އެއާއެކު، ސައީދު ވިދާޅުވީ ޓިކްޓޮކުން ރާއްޖެ އަށް އެންމެ ފައިދާ ހުރި ގޮތް ހޯދުމަށް ޓިކްޓޮކްގެ ރީޖަނަލް އޮފީސްތަކާއި ވާހަކަދައްކަން ފަށާފައިވާ ކަމަށާއި އެއަށް ކުރިއެރުންތައް ލިބެމުންދާ ކަމަށެވެ.

"އެކަން (ޓިކްޓޮކުން ފައިސާ ލިބޭތޯ ކުރާ މަސައްކަތް) ކުރާއިރު ޗައިނާގެ ސަރުކާރުގެ އެހީތެރިކަމަށް އެދިގެން މި މަސައްކަތް ކުރަނީ....ކުރިއެރުންތަކެއް ލިބެމުންދަނީ. ޖުމްލަ ގޮތެއްގައި ކޮންޓެންޓް ކްރިއޭޓަރުންނަށް ދިމާވެފައި މިހުރި ގޮންޖެހުންތަކެއްގައި އަދި ހާއްސަކޮށް އީ ކޮމާސްގެ ތެރޭގައި މިހުރި ބޮޑެތި ގޮންޖެހުންތަކުގެ ތެރޭގައި ރައީސްގެ މެނިފެސްޓޯ ވައުދެއްގެ ގޮތުން އަޅުގަނޑުމެން އަށް މަސް ދުވަސްތެރޭގައި އާދެވިފައި ތިބި ހިސާބު މި ދެންނެވީ،" - ވަޒީރު މުހައްމަދު ސައީދު 

މީގެ އިތުރުން އަންނަ މަސް ނިމުމުގެ ކުރިން ރާއްޖޭގައި އިންޑިއާގެ ރުޕޭ ކާޑް ބޭނުން ކުރަން ފެށޭނެކަމަށާ އަދި ގޫގުލް ޕޭ އާއި އެޕަލް ޕޭ ރާއްޖޭގައި ބޭނުންކުރެވޭނެ ގޮތް ހެދުމަށްވެސް މަސައްކަތް ކުރަމުންދާކަމަށް ސައީދު ވިދާޅުވިއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި