1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ސިޔާސީ

ޔާމީންގެ ޝަރީއަތަށް ނުފޫޒުފޯރުވި ކަމަށް ބުނެ ދައްކަމުންދަނީ ދޮގުވާހަކަތަކެއް: އަލީ ޒާހިރު

ifUxQFIo29yoKxQUBGNj
ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހީރު
ޢަޒީޒާ އަފީފް
583ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ކުރީގެ ރައިސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވި ކަމަށްބުނެ ދައްކަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހީރު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވުނު ބައްދަލުވުމުގައި ނޫސްވެރިއެއްގެ ސުވާލަށް ޖަވާބު ދެއްވަމުން އަލީ ޒާހިރު ވިދާޅުވީ ޔާމީންގެ ޝަރީއަތަށް ނުފޫޒް ފޯރުވާފައި ނުވާނެކަން ﷲ ގަންދީ ހުވާކޮށްފަ ބުނަން ކެރޭނެ ކަމަށާއި އެހެންނަމަވެސް ތުހުމަތު ކުރައްވާ ފަރާތްތަކުން އެވަރުގެ ހެކި ހުށަހަޅަން ޖެހޭނެ ކަމަށް އަލީ ޒާހިރު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އަލީ ޒާހިރު ވިދާޅުވީ އޭނަގެ މައްޗަށް ކުރައްވާ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް "ބޭސްލެސް" ތުހުމަތު ތަކެއް ކަމަށާއި އެއީ ސިޔާސީ ގޮތުން އޭނަގެ އަގު ވައްޓާލަން ކުރާ ކަމެއް ކަމަށެވެ.

300 × 250

މިބައްދަލުވުމުގައި ނޫސްވެރިޔަކު ވަނީ ހައިލަމް އާއި އަލީ ޒާހިރުގެ އޯޑީޔޯ ކޯލާއި ބެހޭގޮތުން ސުވާލު އުފައްދާފައެވެ. އެސުވާލަށް ޖަވާބުދާރީ ވަމުން އަލީ ޒާހިރު ވިދާޅުވީ އެކަހަލަ އެއްވެސް އޯޑިއޯއެއް ނޯންނާނެ ކަމަށާއި އަސްލު އޯޑިޔޯއެއް ލީކުވެއްޖެނަމަ މަޤާމުން އިސްތިއުފާ ދެއްވާނެ ކަމަށެވެ.

ފަނޑިޔާރުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޖީބް ވިދާޅުވެފައިވަނީ އަލީ ޒާހިރު  ހައިލަމްއަށް ގުޅާފަ ދެއްކި ވާހަކަތައް އޭނާއަށް އަޑުއިވުނު ކަމަށާއި އެކަމުން ހާމަވެގެންދަނީ އަލީ ޒާހިރު ޔާމީންގެ ޝަރީއަތަށް ނުފޫޒް ފޯރުވާފައިވާކަމަށެވެ.

 

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި