1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމަށް, މަގޫދޫގައި ފޮތި ނެޕީ ޖަހަން ބާރުއެޅުމުގެ ގޮތުން 'ބުޑުފޮތި' ކެމްޕޭނެއް

foyh
ފޮޓޯ: ސޮނެވާ ނަމޫނާ
ޝާމިން ސަޢީދު
1,007ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ނ. މަގޫދޫގައި ޕްލާސްޓިކް ބޭނުން ކުރާ އަދަދު މަދުކުރުމަށްޓަކައި، އެރަށު ތުއްތު ކުދިން ބޭނުން ކުރާ ޕްލާސްޓިކް ނެޕީގެ ބަދަލުގައި ފޮތި ނެޕީ ޖެހުމަށް ބާރުއެޅުމުގެ ގޮތުން "ބުޑު ފޮތި" ގެ ނަމުގައި ބޮޑު ކެމްޕޭނެއް ފަށައިފިއެވެ.

މި ކެމްޕޭނަކީ މަގޫދޫ ކައުންސިލާއި، ސިއްހީ މަރުކަޒު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން އިސްނަގައިގެން ސޮނެވާގެ އެހީގައި ކުރިއަށްގެންދާ ކެމްޕޭނެކެވެ.

އެ އިދާރާތަކުން ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، މި ކެމްޕޭންގެ މައިގަނޑު ބޭނުމަކީ ޕްލާސްޓިކް ނެޕީގެ ސަބަބުން މެދުވެރިވާ ސިއްހީ އަދި ތިމާވެށި މައްސަލަތައް ހައްލުކޮށް ރަށުގައި ބޭނުންކުރާ ޕްލާސްޓިކް ކުނި މަދުކުރުން ކަމުގައެވެ.

300 × 250

މަގޫދޫގެ 32 އާއިލާއަކުން 3 މަސްދުވަހުގެ މުއްދަތަކަށް ބައިވެރިވެފައިވާ މި ޕްރޮގްރާމް ފެށުމުގެ ގޮތުން ބޭއްވި ހަރަކާތުގައި ބައިވެެރިންނަށް ހިލޭ ފޮތި ނެޕީ ފޯރުކޮށްދީފައިވެއެވެ.

އަދި ބައިވެރިން ވަނީ "ދަރިންނަށް ރައްކާތެރި ސިއްހަތާއި ވެށްޓެއް ކަށަވަރު ކުރުމަށް މަސައްކަތްކޮށް އެކަމަށް ބާރު އަޅާ އާދަތައް އިސްކުރުމަށް" އެއްބަސްވެ ޕްލެޖެއްގައި ސޮއިކޮށްފައެވެ.

މި ޕްރޮގްރާމުގެ ތެރެއިން، ބައިވެެރިންނަށް ފޮތި ނެޕީގެ ފައިދާ ހިއްސާކުރެވި އަދި މަގޫދޫގެ ރީޓެއިލް ފިހާރަތަކަށް ރިޔޫސް ކުރެވޭ ނެޕީއާ ބެހޭ މައުލޫމާތު ފޯރުކޮށްދީފައިވެއެވެ. އަދި ރިޔޫސް ކުރާ ނެޕީ ސަޕްލައި ކުރާ ފަރާތެއް ކަމަށްވާ ޒީރޯ ވޭސްޓް މޯލްޑިވްސް ތައާރަފު ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި