ކުރީގެ ރައިސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވި ކަމަށްބުނެ ދައްކަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހީރު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވުނު ބައްދަލުވުމުގައި ނޫސްވެރިއެއްގެ ސުވާލަށް ޖަވާބު ދެއްވަމުން އަލީ ޒާހިރު ވިދާޅުވީ ޔާމީންގެ ޝަރީއަތަށް ނުފޫޒް ފޯރުވާފައި ނުވާނެކަން ﷲ ގަންދީ ހުވާކޮށްފަ ބުނަން ކެރޭނެ ކަމަށާއި އެހެންނަމަވެސް ތުހުމަތު ކުރައްވާ ފަރާތްތަކުން އެވަރުގެ ހެކި ހުށަހަޅަން ޖެހޭނެ ކަމަށް އަލީ ޒާހިރު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން އަލީ ޒާހިރު ވިދާޅުވީ އޭނަގެ މައްޗަށް ކުރައްވާ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް "ބޭސްލެސް" ތުހުމަތު ތަކެއް ކަމަށާއި އެއީ ސިޔާސީ ގޮތުން އޭނަގެ އަގު ވައްޓާލަން ކުރާ ކަމެއް ކަމަށެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.