ހުޅުމާލޭގެ އެކި ސަރަހައްދުތަކުން، ހަތަރު ފުރޮޅުލީ 10 އުޅަނދު ޓޯވ ކޮށްފައިވާ ކަމަށް ފުލުހުން ހާމަކޮށްފި އެވެ.
ފުލުހުން ބުނީ ހުޅުމާލޭގައި ރަޖިސްޓްރީ ނުކޮށް ގިނަ ދުވަސްތަކެއް ވަންދެން ޕާކު ކޮށްފައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް ހުޅުމާލޭ ޓްރެފިކް ޕޮލިސް ޑިޕާޓްމަންޓުން ފަށައިގެން ކުރިއަށްދާ ކަމަށެވެ.
އެގޮތުގެ މަތިން އިއްޔެ ފެށި އެ މަސައްކަތުގެ ތެރެއިން ހުޅުމާލޭގެ އެކި ސަރަހައްދު ތަކުން، ހަތަރު ފުރޮޅުލީ 10 އުޅަނދު އިއްޔެ ނަގާފައިވާ ކަަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.
އަދި ކުރިއަށް އޮތްތަނުގައި ވެސް، ރަޖިސްޓްރީ ނުކޮށް ހުޅުމާލޭގެ މަގުތަކުގައި ޕާކު ކޮށްފައި ހުންނަ އުޅަނދުތައް ނެގުމާއި އުޅަނދު ރަޖިސްޓްރީކޮށްފައިވަނީ ގަވާއިދާ އެއްގޮތަށްތޯ ބެލުމުގެ މަސައްކަތްކުރަމުން ގެންދާނެ ކަމަށްވެެސް ފުލުހުން ވަނީ ހާމަކޮށްފަ އެވެ.
ފުލުހުން ބުނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް މަގުތަކަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމަށް ކުރަމުންދާ މި މަސައްކަތްތަކުގެ ތެރެއިން، ސައްހަ ނޫން ރަޖިސްޓްރީ ހަދައިގެން ދުއްވާ އުޅަނދުތައް ހޯދައި ފިޔަވަޅު އަޅާނެ ކަމަށެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.