1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ވިޔަފާރި

މި އަހަރުގެ ދެވަނަ ކުއާޓަރުގައި ދައުލަތުގެ ރިޒާވް އިތުރުވެއްޖެ

MMA maldives monetary authority
މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)
ހުވަދޫ ނިއުސް ޓީމް
395ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މި އަހަރުގެ ދެވަނަ ކުއާޓަރުގައި ދައުލަތުގެ ރިޒާވް މިދިޔަ އަހަރާއި އަޅާބަލާއިރު އިތުރުވެއްޖެއެވެ.

މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނެރުނު ކުއާޓާލީ ބުލެޓިންގައި ބުނެފައިވާ ގޮތުގައި، މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރުގެ ދައުލަތުގެ އާމްދަނީ އިތުރުވެފައިވަނީ ޓެކްސްގެ ގޮތުގައި ލިބިފައިވާ ޢާމްދަނީ އިތުރުވުމެވެ.

މިއަހަރުގެ ދެވަނަ ކުއާޓާ ނިމުނު އިރު ޖުމުލަ ރިޒާވުގައި 912.4 މިލިއަން ޑޮލަރު އެބަހުއްޓެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 10.5 މިލިއަން ރުފިޔާއެވެ.

300 × 250

މިއީ މި އަހަރުގެ ފުރަތަމަ ކުއާޓާގައި ރިޒާވް ހުރި ވަރަށް ވުރެ އަށް އިންސައްތަ އިތުރުވުމެކެވެ. މި އަހަރުގެ ފުރަތަމަ ކުއާޓާގައި ރިޒާވްގައި ހުރީ 844.7 މިލިއަން ޑޮލަރެވެ.

އެގޮތުން މިދިޔަ އަހަރު ކޯވިޑް-19ގެ ސަބަބުން ފަތުރުވެރިކަން ހީނަރުވެ ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބުނު ޢާމްދަނީ ވަނީ ދަށްވެފައެވެ. ނަމަވެސް ރާއްޖޭގެ ފަތުރުވެރިކަން މިހާރު ރަނގަޅުވަމުން އަންނާތީ ފަތުރުވެރިކަމުން ދައުލަތަށް ލިބޭ އާމްދަނީވެސް އަންނަނީ އިތުރުވަމުންނެވެ.

އެމްއެމްއޭއިން ބުނިގޮތިގައި ދައުލަތުގެ ރިޒާވް ކުއްލިއަކަށް އިތުރުވީ ސަރުކާރުން މި އަހަރު ވިއްކި ސުކޫކާއި އިންޑިއާގެ ރިޒާވް ބޭންކުގެ ކަރަންސީ ސްވޮޕް ފެސިލިޓީގެ ސަބަބުންނެވެ.

މިއަހަރުގެ މިހާތަނަށް ދައުލަތުގެ ޙަރަދުތައް އުޅެނީ 18.1 މިލިއަން ރުފިޔާގައެވެ. މިދިޔަ އަހަރު ޚަރަދުތައް އުޅުނީ 18.3 މިލިއަން ރުފިޔާގައެވެ. މިއަހަރު އެންމެ ބޮޑު ޚަރަދެއްކޮށްފައިވަނީ ރިކަރަންޓް ޚަރަދުތަކަށެވެ. އެއީ %78އެވެ. ޢަދަދުން ބަލާނަމަ މިއީ 14.1 މިލިއަން ރުފިޔާއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި