ޒަމާނަށް ފެތޭގޮތަށް ސަރުކާރުން އެކުލަވާލި އައު ބިލެއް ކަމަށްވާ ހެއްކާ ބެހޭ ބިލު މިއަދު ރައްޔިތުންގެ މަޖިލީހަށް ތައާރަފްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެއްޅުއްވީ، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީއެވެ.
ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އިންސާފުން ޝަރީއަތްކުރެވުމުގެ ޙައްގު އެގޮތުގައި ކަށަވަރުކޮށްދިނުމަށް ހެކީގެ އުސޫލުތައް ބަޔާންކުރާ ތަފްޞީލީ އަދި ޒަމާނީ ޤާނޫނީ އޮނިގަނޑެއް ތަޢާރުފުކުރުމުގެ ބޭނުމުގައި ހުށަހެޅުއްވި މި ބިލުގައި މަދަނީ އަދި ޖިނާއީ މައްސަލަތަކުގަ އާއި އިސްލާމް ދީނުގައި ހައްދު އަދި ގިސޯސް ކަނޑައެޅިފައިވާ ކުށްތައް ސާބިތު ކުރުމަށް ބޭނުންވާ ހެކީގެ ނިސްބަތް ކަނޑައެޅުމާއި، ސާބިތު ކުރުމުގެ ޒިންމާއާ ގުޅޭ އުސޫލުތައް ކަނޑައަޅާނެ މިންގަނޑުތައް ވެސް ކަނޑައަޅާފައިވެއެވެ.
އެގޮތުން މިބިލުގެ ތިންވަނަ ބައިގެ ދަށުން، ހެކި ވަޒަންކުރުމުގެ ބައެއް އުސޫލު ތަފްސީލުކޮށްފައިވާނެއެވެ. އެގޮތުން، ރައުޔުގެ އުސޫލާއި، އިޙްތިމާލުގެ އުސޫލާއި، ނާދިރުވުމުގެ އުސޫލާއި އަދި އިތުބާރުގެ އުސޫލާގުޅޭ ހަމަތައް މި ބިލުގައި ބަޔާންކުރެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.