އަނެއްކާވެސް ޓިކްޓޮކް ސަމާގެ ހިތުންހިތަށް ފަންޑްރައިޒިންގ އިވެންޓް ގަޑިއެއްގެ ތެރޭގައި، ނުވައަހަރުގެ ކުޑަކުއްޖެއްގެ ފަރުވާއަށް ލައްކައެއްހާ ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދީފިއެވެ.
މިރޭގެ އިވެންޓު ކުރިއަށް ގެންދިއުމުގައި އެތަކެއް ދަތިތަކާއި ހުރަސްތައް ދިމާވިއެވެ. މިއެހީ ހޯދަދޭ ކުޑަކުއްޖާގެ މަންމައާއި ބައްޕަ އަދި ކުއްޖާ ވީ އިންޑިޔާގެ ކޮޗިންގައެވެ. މިކުޑަކުއްޖާ ވީ މިހާރުވެސް އައިސީޔޫގައެވެ.
މިރޭގެ އިވެންޓް ފެށެން އޮތް 8:00 ގަޑި ނުވައެއް ޖަހާ ދިޔައިރުވެސް އިވެންޓު އޮތީ ނުފެށިފައެވެ. އެކިއެކި އުނދަގޫތަކާއެކުވެސް ސަމާ މިލައިވް ފެށީ އާއިލާއާއެކު 9:40 ގައެވެ. ސަމާއަށް ނުފޫޒު ފޯރުވައި ފަންޑްރައިޒިން އަކީ ސްކޭމެއް ކަމަށް ބުނެ އެތަކެއް ބަސްތަކެއް ބުނެފައިވާއިރުވެސް ސަމާގެ ހިތްވަރަކަށް އެއްވެސް ބަދަލެއް ނާދެއެވެ. އެތަކެއް މައްސަލަތައް ދިމާވުމާއެކުވެސް ސަމާ އެހީގެ ހަރަކާތް ފެށީ އެއާއިލާއާއެކުގައި ލައިވްގައި ތިބެގެންނެވެ. ސަމާގެ މިރޭގެ އިވެންޓަށް ރާއްޖޭގެ ގިނަ ދިވެހިންގެ ސަމާލުކަން ދީފައިވާ ކަމުގެ ހެއްކަކީީ ފުރަތަމަ ދިހަ މިނެޓް ތެރޭގައިވެސް ސަމާގެ މިއިވެންޓް ބައިލައްކަ ރުފިޔާއާ ގާތްކޮށްފައި ވުމެވެ. ނުވަގަޑިސާޅީހުން ދިހަގަޑި ސާޅީސް، ހާއިރަށް ކުރިއަށް ގެންދިޔަ ލައިވް އިވެންޓް ނިމިގެން ދިޔައިރު ޖަމާވެފައިވަނީ 93،108.18 ރުފިޔާ އަދި 446 ޑޮލަރު އެވެ.
ސަމާގެ އެކައުންޓަށް ފައިސާ ޖަމާ ކުރަން ޖެހުނީ، އާއިލާ އިންޑިޔާގައި ތިބިއިރު ކުއްޖާގެ އާއިލާގެ އަތުގައި މިވަގުތު މިގޮތަށް ފައިސާ ޓްރާންސްފަރ ކުރާއިރު ލައިވްކޮށް ދެއްކޭނެ ގޮތަކަށް ފޯނެއް ނެތުންފަދަ ކަންކަން ދިމާވުމުން ކަމަށް މިލައިވްގައި ތަކުރާރުކޮށް ސަމާވަނީ ބުނެ ކިޔައިދީފައެވެ. އަދި ހަމައެހެންމެ އަމިއްލަ އެކައުންޓަށް ޖަމާވަމުންދިޔަ ނަމަވެސް މިފައިސާ ޖަމާވަމުންދިޔަ ވަރަކަށް ކުއްޖާގެ މަންމައާއި ބައްޕަގެ އިތުރުން ބަލަން ތިބި ހުރިހާ ބަޔަކަށްވެސް ފެންނަ ގޮތަށް ސްކްރީނުން ދަައްކާފައިވާ ކަން ވެސް ފާހަގަކުރެވެއެވެ. އަދި އިވެންޓް ނިމުމަށްފަހު ލައިވްގައި އިނދެގެން ސަމާވަނީ އާއިލާއަށް ފައިސާ، ދިވެހި ރުފިޔާ އަދި ޔޫއެސްޑޮލަރުވެސް ޖަމާކޮށްފައެވެ. ސަމާގެ މިލައިވް ޖުމްލަ ދެހާހަށްވުރެ ގިނަ މީހުން ބަލަމުންދިޔައެވެ.
ސަމާގެ ފަންޑްރައިޒިންގ ލާރި އާއިލާއަށް ޖަމާކޮށްފައި
ގިނަ ގޮންޖެހުންތަކަކާއި އެތަކެއް ދަތިއުނދަގޫ ހުރަސްތަކަކާއެކުވެސް ސަމާ އަނެއްކާވެސް ދަރިފުޅުގެ ހާލަށް އެހީއަށް ބޭނުންވެފައިވާ މަންމައެއްގެ ބުރަ ލުއިކޮށްދިނުމަށް ހިތުންހިތަށް މެދުވެރިކޮށް ކުރި މިމަސައްކަތަށް ސާބަސް ދޭ ވަރުވެއެވެ. އެއްގަޑިއިރު ވަންދެން ހުއްޓުމެއް ނެތި "ކުދިންނޭ އަވަހަށް އެކުއްޖަކަށް ދެވުނު ވަރެއް، އެންމެ ރުފިޔާއެއް ވިޔަސް އެކުއްޖަކަށް ދެވުނު ވަރެއް، އަވަސްކޮށްލާ، އަވަހަށް ފޮނުވާ،" މިފަދަ އެތަކެއް ބަސްތަކަކުން ހިތްވަރާއެކު އެހީ ދިނުމަށް ސަމާ ގޮވަމުންދާއިރު ބަލަން އަޑުއަހަން ތިބޭ ބަޔަކަށް ގައިމުވެސް އޭނާގެ މަސައްކަތުގެ ދެފުށް ސާފުކޮށް ފެންނާނެއެވެ. އޭގައި ފޮރުވާނެ ސިއްރުކުރާނެ އެއްޗެއް ނޯންނާނެހެން ސަމާ ދިޔައީ ވަގުތުން ފައިސާ ޖަމާވާ ވަރު މުޖުތަމައުގައި ބަލަން ތިބި ބައެއްނަމަ އެބަޔަކަށް ދައްކަމުންނެވެ.
ސަމާގެ ހިިތުންހިތަށް މިރޭ އެހީ ހޯދައިދީފައި މިވަނީ އިބްރާހިމް ޒައުލް މުޙައްމަދަށެވެ. އިބްރާހިމް ޒައުލް މުޙައްމަދަކީ ގިނަ ސިއްޙީ ގޮންޖެހުންތަކާ ކުރިމަތިލަމުންދާ ހިތްވަރުގަދަ 9 އަހަރުގެ ކުއްޖެކެވެ.
ވެސްޓް ސިންޑްރޯމް އަދި ސެރެބްރަލް ޕަލްސީގެ އިތުރުން، ޒައުލްއަށް އާތްރޮގްރިޕޯސިސް އަދި ތަކުރާރުކޮށް އަންނަ އެސްޕިރޭޝަން ނިއުމޯނިއާ ވެސް ޖެހިފައިވެއެވެ. މީގެ ސަބަބުން އޭނާގެ ފުއްޕާމޭގެ މަސައްކަތް ދަށަށް ގޮސްފައިވެއެވެ. އޭނާގެ ޙާލަތު ބެލެހެއްޓުމަށްޓަކައި އަބަދުވެސް ޚާއްޞަ ސަމާލުކަމަކާއި ފަރުވާއެއް ބޭނުންވެއެވެ.
އިބްރާހިމް ޒައުލް
"އިތުރުވަމުންދާ ސިއްޙީ ޚަރަދުތަކާއި، އެޑްވާންސްޑް ފަރުވާތަކާއި ތެރަޕީތަކަށް ކުރަންޖެހޭ ޚަރަދުތަކަށް އެހީތެރިކަން ހޯދުމަށް އަޅުގަނޑުމެން މުޖުތަމަޢުއަށް ގޮވާލަމެވެ. ތިޔަ ބޭފުޅުންގެ މާތް އެހީތެރިކަމުން ސީދާ ޒައުލްއަށް ބޭނުންވާ ސިއްޙީ އެހީތަކާއި، ފަރުވާތަކާއި، އާލާތްތައް ހޯދުމަށް އެހީތެރިވެދެވޭނެއެވެ. އަދި މި ދަތި ދަނޑިވަޅުގައި މިކުޑަކުޑަ ކުއްޖާފުޅުގެ އާއިލާއަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެންދާނެއެވެ." މިއީ ސަމާ ފަންޑްރައިޒިން ހަރަކާތް ފެށުމުގެ ކުރިން ގެނެސްދީފައިިވާ އިންޓްރޮޑަކްޝަން ގައި ބުނެފައިވާ ބަސްކޮޅެކެވެ.
އިިންސާނިއްޔަތަށްޓަކައި ސަމާ ކުރާ މިމަސައްކަތަކީ ދުވަސްތަކެއް ދުރާލާ އޭނާގެ ލައިވްގައި ފޮލޯވަރުން އެއްކޮށްގެން އެހުރިހާ ފަރާތްތަކެއް މެދުވެރިކޮށް މެސެޖް އެހެން މީހުންނަށް ފޯރު ކުރުވުމަށްފަހު ސީދާ ވަކި ތާރީހެއްގެ ވަކި ގަޑިއަކަށް ތައްޔާރުވެގެން ކުރާ މަސައްކަތެކެވެ. އެކި ފަންޑްރައިޒިން ކުރިއަށް ގެންދާނީ އެކިކަހަލަ ގޮތްގޮތަށެވެ. ޓިކްޓޮކް ލައިވްތަކުގައި ފަހަކަށް އައިސް ފަންޑްރައިޒިން އާންމުވަމުން އަންނަކަން ފާހަގަކޮށްލަނީ އުފަލާއެކުގައެވެ. ހަމައެހެންމެ ސަމާއަށް އެތައް ބައެއްގެ ނުރުހުމާއި ނަފްރަތާއި އަދި ވަގު ނަމުންނަންދީ ބަދުނާމު ކުރަމުންދާއިރުވެސް ހުއްޓުމެއް ބަދަލެއް ނައިސް ކުރާ މި އިޖުތިމާއީ އިންސާނީ ހިދުމަތަށް ތައުރީފާއި ސާބަސް ދިނުމާއެކު ހިތުންހިތަށް ކުރާ މިމަސައްކަތަށް، ފަންޑްރައިޒިން، އެހީ ހޯދުމަށް ކުރާ މަސައްކަތްތަކަށް ފަހި އުޖާލާ ކުރިމަގަކަށް އެދެމެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.