ވިއްސާރައިގައި އައްޑޫ ސިޓީގެ ގެއެއްގެ ފުރާޅު އެއްލާލައިފި
އެމްއެންޑީއެފުން މިކަން ހާމަކުރަމުން ބުނީ ވިއްސާރައިގައި އައްޑޫ ސިޓީ ސ.މަރަދޫ އާލީ ގޭގެ ފުރާޅު އެއްލާލުމާ ގުޅިގެން ވަގުތީ ހައްލެއް ހޯދައި ދިނުމުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ގޭގެ ފުރާޅު އެއްލާލުމާ ގުޅިގެން ވަގުތީ ހައްލެއް ހޯދައި ދިނުމުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ހަރަކާތްތެރިވެފައިވާ ކަމަށެވެ.
ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓުން ވިދާޅުވިއެވެ.
މި އަހަރުގެ ހުޅަނގު މޫސުމުގެ ތެރެއިން ޖޫން، ޖުލައި، އޮގަސްޓް، އަދި ސެޕްޓެމްބަރު މަހުގައި އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އާންމުކޮށް ވާރޭވެހޭ ވަރަށް ވުރެ އިތުރަށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓުން ވެސް އޮތީ ލަފާކޮށްފައެވެ. އެކަމަކު، ރާއްޖޭގެ ދެކުނަށް އެ ދުވަސްވަރު ވާރޭވެހޭނީ އާންމުކޮށް ވާރޭވެހޭ ވަރަށް ވުރެ މަދުން ކަމަށް މޫސުމާ ބެހޭ އިދާރާ އިން ވަނީ ލަފާކޮށްފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.