މި އަހަރު ބާއްވާ ދުނިޔޭގެ ބޮޑީބިލްޑިން މުބާރާތް އައްޑޫގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ދުނިޔޭގެ ބޮޑީބިލްޑިން މުބާރާތް އައްޑޫ ސިޓީގައި މިއަރު ބާއްވަން ނިންމާފައިވާ ކަމަށް މޯލްޑިވްސް ކެނަރީފު ރިސޯޓުން ހާމަ ކޮށްފިއެވެ.
ކެނަރީފް ރިޒޯޓުން ހާމަ ކޮށްފައިވާގޮތުގައި މިއަހަރު ބޮޑީބިލްޑިން އެންޑް ފިޒިކް ސްޕޯޓްސް ޗެމްޕިއަންޝިޕް ބާއްވަން ނިންމާފައިވަނީ އެ ރިޒޯޓްގައެވެ.
މީގެ އިތުރުން އެ ރިސޯޓުން ބުނީ މި މުބާރާތް އޮންނާނީ މި އަހަރުގެ ނޮވެމްބަރު މަހުގެ 5 އިން 15 އާއި ހަމަޔަށެވެ. ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕްގެ ބެޓްލްގްރައުންޑަކަށް ވުމުން ފަޚުރުވެރިވާ ކަމަށެވެ.
މިކަމުގެ ސަބަބުން މިއީ ކުޅިވަރު ފަތުރުވެރިކަމުގެ ހަބެއްގެ ގޮތުގައި އައްޑު އަތޮޅުގެ ގާބިލުކަން ދައްކުވައިދޭ ޝަރަފްވެރި ހަރަކާތެއް ކަމަށްވެސް ބުނެފައި ވެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.