1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މާލެ ފެނު އަޑީގައި، ސްކޫލުތަކުގެ ކިޔެވުންވެސް ބަންދު!

big_whIrm4mLj1JdNYkpwQlfmpW4C
މާލެ މަގުމަތި/ފޮޓޯ ޕީއެސްއެމް
ރިފާޢު ރަޝީދު
4,378ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މާލެއަށް ބޯކޮށް ވާރޭވެހެމުން ދިޔުމާއި ގުޅިގެން ސްކޫލުތަކުގެ ހަވީރު ދަންފަޅިތަކުގެ ކިޔުވުން ކެންސަލްކޮށްފިއެވެ.

ސްކޫލްތަކުގެ އިތުރުން ޓިއުޝަން އަދި ޤުރުއާން ކްލާސްތަކުގެ ކިޔެވުންވެސް ވަނީ ކެންސަލްކޮށްފައިކަން ފާހަގަކުރެވެއެވެ. ސްކޫލްތަކަށް ބަލާލާއިރު، ކިޔެވުން ކުރިއަށް ނުގެންދާން ނިންމާފައިވަނީ ޕްރީ ސްކޫލްތަކުގައިކަން ފާހަގަކުރެވެއެވެ.

މާލެއަށް ހުއްޓާ ނުލާ މިވަގުތު ވާރޭ ވެހެމުންދާއިރު، މަގުތައްވަނީ ފެން ބޮޑުވެފައެވެ. އަދި މި ހާލަތުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާއި ބެހޭ ފަރާތްތަކުން ދަނީ އިލްތިމާސްކުރަމުންނެވެ.

300 × 250

މާލޭގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފުންދަނީ ކުރަމުންނެވެ. އަދި ވެލި ބަސްތާތައް ޖެހުމުގެ މަސައްކަތް ސިފައިންނާއި ފުލުހުންދަނީ ކުރަމުންނެވެ.

ކުރިއަށްއޮތް 5 ދުވަހުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއިއެކު ވިއްސާރަކުރާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ. މީގެއިތުރުން ވައިޖެހޭނީ އުތުރާއި މެދުރާއްޖެތެރެއަށް ގަޑިއަކު 17 މޭލާއި27 މޭލަށެވެ. އަދި ދެކުނުގައި ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައެވެ. ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވުމުގެ ފުރުސަތު އެބައޮތްކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

އެހެންކަމުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ކަނޑުތައް ގަދަވެ ވިލާގަނޑުގައި ވަރަށް ގަދަވާނެކަމަށް އެ އިދާރައިން ވަނީ ލަފާކުރައްވާފައެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑީގައި އުދައެރުމުގެ ފުރުސަތު އޮތްކަމަށްވެސް ވިދާޅުވެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި