ދިވެހި ޒުވާން ފިރިހެނަކު ގަދަކަމުން ބަރަހަނާކުރުމަށްފަހު އެމަންޒަރު ވީޑިއޯކޮށް، ސޯޝަލް މީޑިއާގައި ވީޑިއޯ އާންމުކޮށްފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ގަދަކަމުން އޮރިޔާން ކުރުމަށްފަހު ވީޑިއޯ ލީކު ކޮށްފައިވަނީ، މީގެ ދުވަސްކޮޅެއް ކުރިން ކޮޓަރިއެއްގެ ތެރޭގައި އަނިޔާ ކުރުމަށްފަހު އާންމުކޮށްފައިވާ ވީޑިއޯއިން ފެންނަ ޒުވާނާގެ ވީޑިއޯއެކެވެ. އެވީޑިއޯއާ ގުޅިގެން މީގެ ކުރިން ފުލުހުން ބުނެފައިވަނީ އެފަދަ މައްސަލައެއް ފުލުހުންގެ ސަމާލު ކަމެއް އައިސްފައިވާ ކަމަށާއި، ނަމަވެސް އެކަމާ ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކުރިކަމެއް އަދި އެމައްސަލަ ބަލަމުންދާ ކަމެއްވެސް ބުނެފައިނުވެއެވެ. މައުލޫމާތު ލިބޭ ގޮތުގައި އެޒުވާނާ އަށް ކުރިން ފަހަރު އަނިޔާކުރި މީހުންގެ ތެރޭގައި އަދި މިފަހުން އެޒުވާނާ ބަރަހަނާކުރުމަށްފަހު ވީޑިއޯ ކުރި މީހުންގެ ތެރޭގައި ސަރުކާރުގެ ނުފޫޒު ގަދަ މީހެއްގެ ކޮއްކޮއެއް ހިމެނެވެ. ގަދަކަމުން ޒުވާނާ ބަރަހަނާ ކުރި ވީޑިއޯ ދައުރުވަމުން ދާއިރު އަދިވެސް މިއަމަލު ހިންގި މީހުން ހައްޔަރު ކޮށްފައިވާކަމުގެ މައުލޫމާތެއް ނުލިބެއެވެ.