މޯލްޑިވިއަނުން ބަންގްލަދޭޝްއަށް ކުރާ ދަތުރުތައް އަލުން ފަށައިފިއެވެ.

ބަންގްލަދޭޝްގައި ހިނގަމުންދިޔަ ހަމަނުޖެހުންތަކުގެ ސަބަބުން މިމަހުގެ 6 ވަނަދުވަހުން ފެށިގެން މޯލްޑިވިއަނުން އެގައުމަށް ދަތުރުކުރުން ހުއްޓާލާފައި އޮތް ނަމަވެސް އަލުން މިއަދު މޯލްޑިވިއަންގެ ދަތުރުތައް ވަނީ ފަށާފައެވެ.

ބަންގްލަދޭޝްއަށް އަލުން ދަތުރުތައް ފެށި ނަމަވެސް މޯލްޑިވިއަނުން ވަނީ ފްލައިޓްގެ ޢަދަދު މަދުކޮށްފައެވެ.

އެގޮތުން، ކުރިން ހަފްތާއަކު 2 ދަތުރު މޯލްޑިވިއަނުން ބަންގްލަދޭޝަށް ކުރަމުންދިޔަނަމަވެސް މިހާރު ކުރަނީ ހަފްތާއަކު އެންމެ ދަތުރެއްކަމަށް މޯލްޑިވިއަނުން މައުލޫމަތުދެއެވެ.

ބަންގަލަދޭޝްގެ އިތުރުން އިންޑިއާގެ ޓްރިވެންޑްރަމާއި، ކޮޗިން އަދި ބެންގަލޫރަށްވެސް މޯލްޑިވިއަނުން ބައިނަލްއަގުވާމީ ދަތުރުތައް ކުރާކަން ފާހަގަކޮށްލެވެއެވެ.