މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯގެ މަގާމުން އަބްދުﷲ ޒިޔާދު ވަކިކޮށް އެ މަގާމަށް ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު އަހްމަދު ސައުދީ އައްޔަންކޮށްފިއެވެ.
ޒިޔާދު އެ މަގާމުން ވަކިކުރި ސަބަބު ސާފެެއް ނުވެއެވެ. މި މަގާމުން ޒިޔާދު ވަކިކޮށް އައްޔަނު ކޮށްފައިވަނީ އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށެވެ. ޒިޔާދު މިގާމަށް އައްޔަނު ކޮށްފައިވަނީ މިދިޔަ ނޮވެމްބަރު 28 ވަނަދުވަހުއެވެ.
ޒިޔާދު އެ މަގާމުން ވަކިކޮށް އެ މަގާމަށް އަލަށް އައްޔަނު ކޮށްފައިވަނީ އަހްމަދު ސައުދީ އެވެ. ސައުދީ އަކީ ކުރީގެ ޑެޕިއުޓީ ކޮމިޝަނަރެވެ. އަދި އޭނާ އެންމެ ފަހުން ހުންނެވީ މާލޭ ސިޓީ ކައުންސިލުން މާލޭގެ މަގުމަތީގެ އެކިއެކި ކަންކަން ބަލަހައްޓަން އުފެއްދި ކޮމިޔުނިޓީ އެންގޭޖްމެންޓް ޔުނިޓްގެ އިސްވެރިޔާގެ މަގާމުގައެވެ.
އެމްޓީސީސީގެ ސީއީއޯގެ މަގާމުން ޒިޔާދު ވަކިކޮށް، އެ މަގާމަށް ސައުދީ އައްޔަނު ކޮށްފި

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.