ސިހުރު ހަދާ ކަމުގެ ތުހުމަތުގަ ށ. ކަނޑިތީމު ގެތަކެއް ބަލާ ފާސްކުރަން ފަށައިފިއެވެ.
ފުލުހުން ބުނީ މިކަން ކުރަމުންދަނީ ކޯޓް އަމުރެއްގެ ދަށުންކަމަށާއި އެރަށުގެ ބައެއްގެތައް މިހާރު ގެންދަނީ ބަލާ ފާސްކުރަމުންކަމަށެވެ.
މި މަސައްކަތް ފުލުހުންފެށީ އިއްޔެ ކަމަށާއި ނަމަވެސް އެއްވެސްމީހަކު އަދި އަތުލައިގަނެވިފައިވާ ކަމަށް ފުލުހުން ބުނެފައި ނުވެއެވެ. އަދި ސިހުރު ހެދުމަށް ބޭނުންކުރާ އެއްވެސް އެއްޗެއް ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެފައި ނުވެއެވެ.
ސިހުރު ހެދުމުގެ މައްސަލަތަކަކީ ވަރަށް ގިނައިން ދިމާވާ މައްސަލައެކެވެ. އެފަދަ މައްސަލައިގައި މީހުން މަރާވެސް އެބަހުއްޓެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.