1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ކައިލީ ޖެނާރ ދެވަނަ ދަރިފުޅުގެ އިންތިޒާރުގައި

kylies-bump
ސުޕަރމޮޑެލް ކައިލީ ޖެނާ
ޢަޒީޒާ އަފީފް
442ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ދުނިޔޭގެ މަޝްހޫރު ސުޕަރމޮޑެލް ކައިލީ ޖެނާ ދެވަނަ ދަރިއަކަށް ބަނޑުބޮޑުކަން ހާމަކޮށްފިއެވެ.

24 އަހަރުގައި ވިޔަފާރީގެ މައިދާނުގައިވެސް ކާމިޔާބީ ހާސިލްކޮށްފައިވާ ކައިލީ ބަނޑުބޮޑުކަން ހާމަކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހު އިންސްޓާގްރާމަށް ޝެއަރކުރި ޕޯސްޓަކުންނެވެ.

އެޕޯސްޓުގައި ކައިލީ ހިއްސާކޮށްފައިވާ ވީޑިޔޯއިން ފެންނަގޮތުގައި އޭނަ ބަނޑުބޮޑުކަން ފުރަތަމަ އެގުނީ ޓެސްޓު ކިޓަކުން ޓެސްޓުކުރުމުންނެވެ. އޭގެ ފަހުގައި ކުރި އަލްޓްރާ ސައުންޑް ސްކޭންވެސް އޭނާ ވަނީ ހިއްސާކޮށްފައެވެ. އެސްކޭނުގައި ދަރިފުޅުގެ ހަރަކާތްތައް ފެނިގެންދިޔުމުން ކައިލީގެ ފޭނުންގެ ހިތްތައް އުފަލުން ބަނޑުން ޖަހާލިއެވެ.

300 × 250

ކައިލީގެ މަންމައަށާއި އާއިލާގެ މީހުންނަށް ލިބިގެންދިޔައީ ބަޔާންނުކުރެވޭފަދަ ބޮޑު އުފަލެކެވެ. ކައިލީގެ ފުރަތަމަ ދަރިފުޅު ސްޓޯމީ އޭނަގެ މާމަ އަތަށް ދިއްކޮށްލީ އާއިލާއަށް ތައާރަފްވާން އުޅޭ މެހެމާނެއްގެ ފޮޓޯތަކެކެވެ. އެފޮޓޯތައް ފެނުމުން ކައިލީގެ މަންމައަށް އުފަލުން ގޮސް ރޮވުނެވެ. ކައިލީ ބަނޑުބޮޑުކަން އޭނާ އޮތީ އާއިލާއަށްވެސް ސިއްރުކޮށްފައެވެ. އަންނަ އަހަރު ކުރީކޮޅު ވިހާނެ ކަމަށް ކައިލީ ވަނީ ބުނެފައެވެ. އެހެންނަމަވެސް ވަކި ޑޭޓެއް ހާމަކޮށްފައިނުވެއެވެ.

މަރުހަބާ ކިޔުމާއި ފޭނުންގެ އިހުސާސްތަކުން މުޅި އިންސްޓާގްރާމް ވަނީ ފުރާލާފައެވެ.

ބޭބީއެއް ހޯދަން ކައިލީ މަސައްކަތްކުރާތާ މިހާރު ދެއަހަރާ ގާތްވަނީއެވެ. އަބަދުވެސް ދެވަނަ ދަރިއަކަށް ކައިލީ އިންތިޒާރުކުރާކަން ދިޔައީ ހާމަކުރަމުންނެވެ. އެހެންނަމަވެސް އޭނާ ބަޑުބޮޑުކަމެއް ހާމައެއް ނުކުރެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި