ޤާނޫނު ނަންބަރު 24/2020 (ތަޢުލީމުގެ ޤާނޫނު)ގެ 38 ވަނަ މާއްދާގެ (ހ)ގެ ދަށުން އެޑިއުކޭޝަން މިނިސްޓަރަށް ލިބިދޭ ބާރުގެ ދަށުން. މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ "ޓީޗަރސް ރަޖިސްޓްރޭޝަން ބޯޑު" ގެ މެންބަރުން އެކުލަވާލައިފިއެވެ.
ތަޢުލީމުގެ ޤާނޫނު ބުނާގޮތުން މުދައްރިސުން ރަޖިސްޓަރީކުރުމާގުޅޭ އެންމެހައި ކަންކަން ކުރުމަށްޓަކައި މި ޤާނޫނަށް ޢަމަލުކުރަން ފަށާތާ 1 މަސްދުވަހުގެ ތެރޭގައި 5 މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑެއް، "ޓީޗަރސް
ރަޖިސްޓްރޭޝަން ބޯޑު" ގެ ނަމުގައި މިނިސްޓްރީގައި މިނިސްޓަރު އުފައްދަންވާނެއެވެ.
ޓީޗަރސް ރަޖިސްޓްރޭޝަން ބޯޑުގެ ރިޔާސަތު ބަލަހައްޓަވާނީ، މިނިސްޓަރު ޢައްޔަންކުރާ ރަޖިސްޓްރާރއެވެ. އެގޮތުން، ރަޖިސްޓްރާރގެ ގޮތުގައި ޢައްޔަންކުރާ ފަރާތަކީ މިނިސްޓްރީގައި މަސައްކަތްކުރާ، މިނިސްޓަރުގެ ނައިބުގެ ފެންވަރު ނުވަތަ އެއަށްވުރެ މަތީ މަޤާމެއް އަދާކުރާ ފަރާތެއްކަމުގައި ވާންވާޖެހެއެވެ.
އެޑިއުކޭޝަން މިނިސްޓަރ އެކުލަވާލައިފައިވާ ޓީޗަރސް ރަޖިސްޓްރޭޝަން ބޯޑު އެކުލެވިފައިވާ ގޮތް:
ދިވެހިރާއްޖޭގެ ތައުލީމުގެ ޤާނޫނު ބުނާގޮތުން، މުދައްރިސުން ރަޖިސްޓަރީކޮށް، މުދައްރިސުންނަށް ލައިސަންސްދިނުމުގެ ގަވާއިދުތަކާއި އުސޫލުތައް، ޓީޗަރސް ރަޖިސްޓްރޭޝަން ބޯޑުން އެކުލަވާލައި ޢާންމުކުރަންވާނެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.