މި ހަފްތާގެ ބުދަ އަދި ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދެ ދުވަސް ނަމަވެސް ވެސް ޕާސްޕޯޓްގެ ޚިދުމަތް ލިބޭނެ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޗަން އިން މިކަން ހާމަކޮށް އެކްސްގައި ޕޯސްޓެއް ކޮށްފައިވެއެވެ. މި ޕޯސްޓުގައި ބުނެފައިވަނީ  ސެޕްޓެމްބަރު 4 އަދި 5 ވަނަ ދުވަހު ވެސް ޕާސް]ޕޯޓުގެ ހިދުމަތް ލިބޭނެ ކަމަށެވެ. އަދި އެ ޕޯސްޓުގައި މި ދެ ދުވަހު ޕާސްޕޯޓުގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ ވަގުތުތައް ވެސް ހިމަނާފައިވެއެވެ.

އެގޮތުން މި ދެދުވަހު ވެސް ޕާސްޕޯޓާ ހަވާލުވުމަށް ނަންބަރު ދޫކުރުން ކިއުބީ މެދުވެރިކޮށް، ހެނދުނު 08:30 އިން މެދުރު ފަހު 2:00 އަށް ކުރިއަށް ދާނެކަމަށާއި އަދި ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ ފުރުސަތު އިމުގާ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ލިބޭނެކަމަށެވެ.

މި ހަފްތާގެ ބުދަ އަދި ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދެ ދުވަހެވެ. ބުދަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ އެ ދުވަހަކީ ގައުމީ ދުވަސް ކަމަށް ވުމުންނެވެ. އަދި ބުރާސްފަތި ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އެ ދުވަހުގެ މުނާސަބަތުގައެވެ.

މި އަހަރުގެ ގައުމީ ދުވަހުގެ ޖަލްސާ މާލޭގެ އިތުރުން އުތީމުގައިވެސް ކުރިއަށް ގެންދާނެއެވެ.