1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ރާއްޖެއާއި ކަޒަކިސްތާނާ ދެމެދު ޓެކްނޮލޮޖީގެ ދާއިރާއިން އެއްބާރުލުން ދިނުމާ ގުޅޭ ފަހުމުނާމާގައި ސޮއިކޮށްފި

ކަސަ
ކަޒަކިސްތާނާއި ރާއްޖެއާ ދެމެދު ޓެކްނޮލޮޖީގެ ދާއިރާއިން އެއްބާރުލުން ދިނުމާ ގުޅޭ ފަހުމުނާމާގައި ސޮއިކުރުން
މަރްޔަމް ޝަފާ ސައީދު
201ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ކަޒަކިސްތާނާއި ރާއްޖެއާ ދެމެދު ޓެކްނޮލޮޖީގެ ދާއިރާއިން އެއްބާރުލުން ދިނުމާ ގުޅޭ ފަހުމުނާމާގައި ސޮއިކޮށްފިއެވެ.

ކަޒަކިސްތާނުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކަޒަކިސްތާނުގެ މިނިސްޓަރ އޮފް ޑިޖިޓަލް ޑިވެލޮޕްމަންޓް، އިނޮވޭޝަން އެންޑް އެރޯސްޕޭސް އިންޑަސްޓްރީ ހިޒް އެކްސެލެންސީ ޒަސްލާން މަޑިޔޭވްއެވެ.

ކަޒަކިސްތާނުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކަޒަކިސްތާނުގެ މިނިސްޓަރ އޮފް ޑިޖިޓަލް ޑިވެލޮޕްމަންޓް، އިނޮވޭޝަން އެންޑް އެރޯސްޕޭސް އިންޑަސްޓްރީ ހިޒް އެކްސެލެންސީ ޒަސްލާން މަޑިޔޭވްއެވެ.

300 × 250

މި އެމްއޯޔޫގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ކިނާނަތުއެވެ. ކަޒަކިސްތާނާއި ދިވެހިރާއްޖެއާ ދެމެދު ޓެކްނޮލޮޖީ އެއްބާރުލުމާ ބެހޭ އެމްއޯޔޫ އިން ގިނަ ފައިދާތަކެއް ލިބޭނެ ކަމަށް ބެލެވެއެވެ. އަދި ކުރިއަރަމުންދާ ޒަމާނީ ޓެކް ވަސީލަތްތައް ބޭނުންކޮށްގެން، ދެގައުމަށް ވެސް އިނޮވޭޝަން، އިގްތިސާދީ ކުރިއެރުމާއި، ހިއްސާ ކުރެވޭ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރެވޭނެކަމަށްވެސް ބެލެވެއެެވެ.

މި އެއްބަސްވުމަކީ ދެޤައުމުގެ ދެމެދުގައި އޮންނަ ގުޅުމުގައި މުހިންމު ދައުރެއް އަދާކުރާ އެއްބަސްވުމެކެވެ.

މި އެއްބަސްވުމާއި ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި