1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ޕޯސްޓްމޯޓަމް ހެދުމަށް އަތުހަރުގެ ހަށިގަނޑު ބޭރަށް ފޮނުވައިފި

img_md_202004140129361586852976.8441
ފުލުހުންގެ ކާރު ...
މަރްޔަމް ޝަފާ ސައީދު
341ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އަންހެނެއް ރަހީނުކޮށް އިންޒާރުދީ ހެދި މައްސަލައެއްގައި ދިވެހި ފުލުހުންގެ ހައްޔަރުގައި ހުއްޓާ މަރުވެފައިވާ އާދަމް އަތުހަރުގެ ޕޯސްޓްމޯޓަމް ހެދުމަށް އޭނާގެ ހަށިގަނޑު ބޭރަށް ފޮނުވައިފިއެވެ.

އެކަން މިއަދު ފުލުހުން ވަނީ ހާމަކޮށްފައެވެ. ޖަލުގައިވާ މަރުތަކާމެދު އެއްވެސް ސުވާލެއް އުފެދޭކަހަލަ ކަމެއް ހިނގާނަމަ އެ ފަރާތެއްގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ހޯމް މިނިސްޓްރީން ނިންމާފައިވެއެވެ.

ކުރީ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރޭ މާލޭގައި އަންހެނަކު ރަހީނުކޮށް، އެމީހާގެ ކަރުގައި ވަޅި ޖައްސައިގެން އަދި ފުލުހުންނަށް އިންޒާރުދީ އުޅެނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފަރާތެކެވެ.

300 × 250

އަތުހަރު ހައްޔަރުކުރަން އަދި އެ އަންހެންމީހާ ސަލާމަތްކުރަން ފުލުހުންގެ ބެޓަނަކުން އަތުހަރުގެ ބޮލުގައި ޖަހާފައިވާތީ އެނޫން ގޮތްގޮތަށްވެސް އެކަން ކުރެވޭނެކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.

އެއަށްފަހު އޭޑީކޭ އަދި އައިޖީއެމް ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު އަތުހަރު ގެންދިޔައީ ދޫނިދޫ ޖަލަށެވެ.

ފުލުހުން ބުނާގޮތުގައި އަތުހަރު އަމިއްލައަށް ދަންޖެހިގެން މަރުވީ ދޫނިދޫ ޖަލު ގޮޅީގެ ތެރޭގައި ކަމަށެވެ.

މިމައްސަލަ އެޗްއާރްސީއެމްއާއި ފުލުހުންގެ އެންއައިސީ އިން އަންނަނީ ތަހުގީގު ކުރަމުންނެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި