އަލްޖީރިޔާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ހިޒް އެކްސަލަންސީ ޑރ. އަލީ އޭޗުއާއި މިނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި އިޙުތިރާމުގެ ޒިޔާރަތް ކުރައްވާފައިވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުނު ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް، އެ މަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށްފަހުއެވެ.
ފޮރިން މިނިސްޓްރީގައި ބޭއްވުނު މި ބައްދަލުވުމުގައި މިނިސްޓަރ ޒަމީރު ވަނީ އެމްބެސެޑަރ އޭޗުއާއިއަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއާއި އަލްޖީރިޔާއާއި ދެމެދު އޮންނަ ރަޙުމަތްތެރިކަމުގެ ގުޅުން، އެ މަނިކުފާނުގެ ދައުރުގައި އިތުރަށް ބަދަހިކުރުމަށް އެއްބާރުލުން ދެއްވާނޭކަމުގެ ޔަޤީންކަން އަރުވާފައެވެ.
އަލްޖީރިއާގެ ސަފީރު މިނިސްޓަރަށް ޝުކުރު އަދާކުރައްވައި، އެމަނިކުފާނުގެ ދައުރުގައި ދެޤައުމުގެ ދެމެދުގައި މިހާރު އޮތް ގުޅުން އިތުރަށް ބަދަހިކުރައްވާނެކަމަށާއި ބައިނަލްއަޤްވާމީ މަސްރަހުގައި ގުޅިގެން މަސައްކަތްކުރާނޭ ކަމުގެ ޔަޤީންކަން އެރުވިއެވެ.
މިނިސްޓަރ ޒަމީރުގެ އަރިހުގައި ފޮރިން ސެކްރެޓަރީ ފާޠިމަތު ޢިނާޔާއާއި ސެކްރެޓަރީ، ބައިލެޓަރަލް ޑޮކްޓަރ ހާލާ ޙަމީދާއި ޖޮއިންޓް ސެކްރެޓަރީ މަރްޔަމް ރީޝާ އަދި ޑެޕިއުޓީ ޑެސްކް އޮފިސަރ ފާޠިމަތު ލަޔާނާ އިހުސާން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.