1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

79 ވަނަ އ.ދ ގެ އާންމު މަޖިލީސް ފަށައިފި

GXHsAu9XQAAUsB2
79 ވަނަ އދ ގެ އާންމު މަޖިލީސް
ރިފާޢު ރަޝީދު
405ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

79 ވަނަ އ.ދ ގެ އާންމު މަޖިލީސް އެ އިދާރާގެ މައިމަރުކަޒުގައި ފަށައިފިއެވެ.

އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ޖަލްސާ މިއަދު ރަސްމީކޮށް ފަށައިފާވަނީ އާންމު މަޖިލީހުގެ ރައީސް ކަމަށް ފިލިމޮން ޔަންގް ހުވާކުރެއްވުމުގެ ރަސްމިއްޔާތުންނެވެ.

މި ޖަލްސާގައި އ.ދ. އަށް ކަނޑައަޅާފައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދު އާއި މިޝަންގެ މުވައްޒަފުން ބައިވެރިވިއެވެ.

300 × 250

ކެމަރޫންގެ ކުރީގެ ބޮޑު ވަޒީރު ފިލެމޮން ޔެންގް މި މުހިންމު މަގާމާއި ހަވާލުވެވަޑައިތީ ބައިނަލްއަޤްވާމީ މުޖުތަމައުގައި ދުނިޔޭގެ ސުލްހައާއި، ދެމެހެއްޓެނިވި ތަރައްގީއާއި، އިންސާނީ ކަރާމާތް ކުރިއެރުވުމަށް ސަމާލުކަންދިނުމާއި، އެއްބައިވަންތަކަން ކުރިއެރުއްވުމުގެ ތަސައްވުރެއް ކަނޑައަޅުއްވަމުންނެވެ.

ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ 79 ވަނަ އ.ދ ގެ އާންމު މަޖިލީހުގެ ހައި ލެވެލް ހަފްތާ އަކީ މި ސެޝަންގެ ފުރަތަމަ ބޮޑު އިވެންޓެވެ. އަދި މި އިވެންޓުގައި ދުނިޔޭގެ ލީޑަރުން އެއްވެ ދުނިޔެއަށް ދިމާވެފައިވާ ހައްސާސް މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެއެވެ.

އަދި 78 ވަނަ އާންމު މަޖިލީހުގެ ރައީސް ޑެނިސް ފްރާންސިސްގެ ދައުރު ނިމުނު އިރު، އެ ދައުރުގައި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ކުރިއެރުވުމާއި، ޕެންޑެމިކަށް ތައްޔާރުވުމާއި، ބައިނަލްއަގްވާމީ ސުލްހައާއި ސަލާމަތީ ގޮންޖެހުންތަކާ ކުރިމަތިލުމުގައި މުހިންމު ކުރިއެރުންތަކެއް ވަނީ ލިބިފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި