1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ޔޫއޭއީ އެމްބަސީން ކުލި ނުދައްކާ މައްސަލަ ނުބެލޭނެ ކަމަށް ހުކުމްކޮށްފި

cvo
ސިވިލްކޯޓު، މާލެސިޓީ......ފޮޓޯ:ޕީއެސްއެމް
މަރްޔަމް ޝަފާ ސައީދު
295ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ސިވިލް ކޯޓުން ނިންމި ހުކުމެއްގައި، ރާއްޖޭގައި ހުންނަ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އެމްބަސީން ކުލި ނުދައްކާ މައްސަލަ އެ ކޯޓުން ނުބެލޭނެ ކަމަށް ކަނޑައަޅައިފިއެވެ.

މި މައްސަލަ ކޯޓަށް ހުށަހެޅީ އާއިޝަތު އަހުމަދު ދީދީ ނަމަކަށް ކިޔާ ފަރާތަކުންނެވެ. އޭނާ ބުނި ގޮތުގައި، އޭނާގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ގ. ނިއުޝާާ ކިޔާ ގޭގެ 5، 6 އަދި 7 ވަނަ ފަންގިފިލާ 1 މެއި 2020 އިން އޮކްޓޯބަރު 2022 ގެ ނިޔަލަށް ޔޫއޭއީ އެމްބަސީގެ އޮފީސް ހިންގުމަށް ކުއްޔަށް ދީފައިވާއިރު، ކުލީގެ ގޮތުގައި ލިބެންޖެހޭ 42،857.40 ޔޫއެސް ޑޮލަރު ނުލިބޭ ކަމަށެވެ.

އޭގެ އިތުރުން، އެއްވެސް ނޯޓިހެއް ނުދީ ކުލީގެ އެއްބަސްވުން އުވާލާފައިވާތީ، 48،720 ޔޫއެސް ޑޮލަރާއި ޤާނޫނީ ޚަރަދުގެ ގޮތުގައި ހޭދަކުރި 750 ޔޫއެސް ޑޮލަރު ހިމަނައިގެން ޖުމްލަ 92،427.40 ޔޫއެސް ޑޮލަރު ހޯދުމަށް އެދިފައިވެއެވެ.

300 × 250

ސިވިލް ކޯޓުން މައްސަލަ ބަލައި ނުގަތުމަށް ނިންމީ، ރާއްޖޭގައި ހުންނަ އެމްބަސީތަކާއި ހައި ކޮމިޝަންތަކަކީ ވިއެނާ ކޮންވެންޝަން އޮފް ޑިޕްލޮމެޓިކް ރިލޭޝަންސް މުއާހަދާގެ ދަށުން އިމްތިޔާޒު ލިބިގެންވާ ތަންތަން ކަމަށް މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާތީއެވެ. އެހެންކަމުން، މި މައްސަލަ ކުރިއަށް ގެންދެވޭނެ ތަނެއް ނެތް ކަމަށް ކޯޓުން ނިންމިއެވެ.

ކޯޓުން އިތުރަށް ފާހަގަކުރި ގޮތުގައި، މައްސަލައާ ގުޅިގެން ދައުވާލިބޭ ފަރާތުގެ ބަހެއް ހޯދުމަށް އެމްބަސީއަށް ދައުވާ ފޯމުގެ ލިޔުންތައް ފޮނުވުމަށް މަސައްކަތްކުރި ނަމަވެސް، އެ ލިޔުންތައް ވެސް ރައްދުކުރެވިފައި ނުވެއެވެ.

މި ހުކުމާއެކު، އަމިއްލަ ފަރާތަކާއި ޔޫއޭއީ އެމްބަސީއާ ދެމެދު އުފެދުނު މި މަދަނީ ޚުޞޫމާތު ބެލުމުގެ އިޚްތިޞާޞް ސިވިލް ކޯޓަށް ލިބިގެން ނުވާކަން ސާފުވެގެން ދިޔައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި