ޚަބަރު
140,000 ޑޮލަރުގެ ޕްލާސްޓިކް ސަރޖަރީއަކުން އަންހެނެއްގެ ދިރިއުޅުން މުޅިން ބަދަލުވެއްޖެ

ޖަޕާނުގެ ސޯޝަލް މީޑިއާ އިންފްލުއެންސަރެއް ކަމުގައިވާ ހިރާސެ އައިރީ، އޭނާގެ ސިފަ މުޅިން ބަދަލުކޮށް އޭނާގެ ދިރިއުޅުން އައު މަގަކަށް އެޅުވުމަށްޓަކައި 20 މިލިއަން ޔެން (140،000 އެމެރިކާ ޑޮލަރު) އަށްވުރެ ގިނަ އަދަދެއްގެ ފައިސާ ޕްލާސްޓިކް ސަރޖަރީއަށް ހޭދަކޮށްފިއެވެ.

ހިރާސެ އައިރީ ޕްލާސްޓިކް ސަރޖަރީ ފެށުމުގެ ކުރިން ނެގި ފޮޓޯތައް ބަލާއިރު ހީވަނީ، އެއީ ދެ މީހުން ހެނެވެ. ސިފައަށް މިހާރު އައިސްފައިވާ ބަދަލަކީ ރޭގަނޑަކާއި ދުވާލެއްގެ ފަރަގު ހުންްނަވަރުގެ ބޮޑު ބަދަލެކެވެ.

މި ޒުވާން އިންފްލުއެންސަރު ބުނާ ގޮތުގައި، ފާއިތުވި އަހަރުތަކުގައި އޭނާ ކުރި މަސައްކަތްތައް ނުކުރާނަމަ، މިއަދު އޭނާ އެހުރި ހިސާބަކަށް ނާންނާނެއެވެ. އެކި ސޯޝަލް ނެޓްވޯކްތަކުގައި 2 މިލިއަނަށްވުރެ ގިނަ ފޮލޯވަރުން ތިބުމުގެ އިތުރުން، އޭނާ ޓެލެވިޜަން ޕްރޮގްރާމްތަކުގައި ބައިވެރިވެ،

ފައިޓިންގ އިވެންޓްތަކުގައި ރިންގ ގާލެއްގެ ގޮތުގައިވެސް މަސައްކަތްކުރާ މި ޒުވާނާ އަބަދުވެސް ހުވަފެން ދެކެމުން އައި ފަދަ ދިރިއުޅުމެއް މިހާރު އޭނާ އެދަނީ އުޅެމުންނެވެ.

މިހުރިހާ ކަމެއް ވެގެން އައީ އޭނާގެ ސިފައަށް ގެނައި ބޮޑު ބަދަލާ ގުޅިގެންނެވެ. މިހާރު އޭނާއަކީ ކޮސްމެޓިކް އެންހޭންސްމަންޓްގެ ވަކާލާތުކުރާ މީހެކެވެ. އޭނާ ބުނާ ގޮތުގައި، އޭނައަކީ މީހެއްގެ ދިރިއުޅުން މިފަދަ ކަމަކުން ރަނގަޅު ގޮތަކަށް މުޅިން ބަދަލުކުރެވިދާނެކަމުގެ ފުރިހަމަ ހެއްކެކެވެ.

ކުޑައިރުއްސުރެ، ހިރާސެ އައިރީއަކީ އޭނާގެ ގަޔާނުވާ ސިފައިގެ ސަބަބުން އޭނާގެ އެކުވެރިން ފުރައްސާރަކޮށް އަދި އަނިޔާކުރަމުން އައިސްފައިވާ ކުއްޖެކެވެ. މަހެއްހާ ދުވަސްކުރިން، ޔޫޓިއުބްގައި އޭނާގެ ސިފައަށް އައި ބޮޑު ބަދަލާ ބެހޭ ދެ ވީޑިއޯ އޭނާވަނީ ޕޯސްޓްކޮށްފައެވެ.

އޭގެ ތެރޭގައި އޭނާގެ ކުޑައިރުގެ ބައެއް ފޮޓޯތައްވެސް ހިމެނެއެވެ. އަދި މީހުން އެ ބަދަލުގެ ބޮޑުކަމާމެދު ހައިރާންވިއެވެ. ޓީންއޭޖް ގޮތުގައި ހުރިއިރުވެސް، އޭނާއަށް އަނިޔާކުރުމާ ކުރިމަތިލާންޖެހުނެވެ. އަދި އޭނާއަށް ތަނަވަސްކަން ލިބުމާއެކު އޭނާގެ ސިފަ ބަދަލުކުރުމަށް އަޒުމް ކަނޑައެޅިއެވެ.

ހައިސްކޫލް ނިންމުމުގެ އިތުރުން އެހެން ތަޢުލީމެއް ނެތުމުން، އައިރީއަށް ރަނގަޅު މުސާރައެއް ލިބޭ ދާއިމީ ވަޒީފާއަކަށް ކުރިމަތިލެވޭ ވަރެއް ނުވިއެވެ. އެހެންކަމުން، އޭނާ ސެކިއުރިޓީ އޭޖެންޓެއް ގޮތުގައި މަސައްކަތްތައް ކުރަމުން ގެންދިޔައެވެ. އަދި ޕްލާސްޓިކް ސަރޖަރީއަށް ފައިސާ ރައްކާކުރުމަށްޓަކައި އޭނާ އުޅެމުން ދިޔައިީ ވަރަށް ވެސް ބޮޑަށް ޚަރަދު ކުޑަ ދިރިއުޅުމެއްގައެވެ.

10 މިލިއަން ޔެން ރައްކާކުރެވުމާއެކު، އޭނާ ފުރަތަމަ ސަރޖަރީ ކުރިއެވެ. އޭނާގެ ކުރީގެ ފޮޓޯތަކާއި މިހާރުގެ ފޮޓޯތަކުގެ ތަފާތު ނުހަނު ބޮޑުކަމުން، އޭނާ ކުރި ސަރޖަރީތަކަކީ ކޮބައިކަން ބުނަން އުނދަގޫއެވެ. ނަމަވެސް އޭނާ ބުނާ ގޮތުގައި، އެކި ސަރޖަރީތަކަށް 20 މިލިއަން ޔެންއަށް ވުރެ ގިނަ އަދަދެއްގެ ފައިސާ އޭނަ ވަނީ (140،000 އެމެރިކާ ޑޮލަރު) ހޭދަކޮށްފައެވެ.

ހިރާސެ އައިރީ ބުނާ ގޮތުގައި، ޕްލާސްޓިކް ސަރޖަރީގެ ސަބަބުން އޭނާގެ ދިރިއުޅުމަށް ވަނީ ނުހަނު ބޮޑު ބަދަލެއް އައިސްފައެވެ. އޭނާ ގެ ހިތްވަރާއި ހިންމަތާއި މިންނަތުން އަދު “ހަޔީނާ އޮފް ލަވް” ފަދަ މަގުބޫލު ޓީވީ ޕްރޮގްރާމްތަކުން ފެންނަ މީހަކަށް ވުމާއެކު މިލިއަނުން ގުނާލެވޭ އަދަދަކަށް ފޮލޯވަރުން ލިބިފައިވާ މީހަކަށް ވަނީ ވެފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!