1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ކުޅިވަރު

ރާސް ޗެމްޕިއަންޝިޕުގެ ހުވަދޫ އެޑިޝަން ފުރިހަމަކަމާއެކު ނިންމާލައިފި

IMG-20240921-WA0035
ރާސް ޗެމްޕިއަންޝިޕުގެ ހުވަދޫ އެޑިޝަންގެ ބައިވެރިން. ފޮޓޯ: މައުޝިމް
އަޙްމަދު ޝަބީން
818ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރޭސިންގ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އާރްއޭއެމް) އިން އިންތިޒާމުކޮށްގެން ބޭއްވި ހޮންޑާ ރާސް ޗެމްޕިއަންޝިޕުގެ ހުވަދޫ އެޑިޝަން ފުރިހަމަކަމާއެކު ނިންމާލައިފިއެވެ.

ހޮންޑާ ރާސް ޗެމްޕިއަންޝިޕުގެ ހުވަދޫ އެޑިޝަން މިއަދު ކުރިއަށްދިޔައީ ތިނަދޫ ސިޓީގެ ބޮޑު މިސްކިތް މަގުގައެވެ.

ރާސް ޗެމްޕިއަންޝިޕުގެ ހުވަދޫ އެޑިޝަންގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: މައުޝިމް

300 × 250

ކުރިން މި އިވެންޓް ބާއްވާ ގޮތަށް އޮތީ މިއަދުއެވެ. ވިއްސާރަވެގެން ދުވަހެއް ލަސްވިކަމުގައި ވީ ނަމަވެސް އިވެންޓްގެ ފުރިހަމަ ކަމުން އެކަމެއް މާ ބޮޑަށް ފާހަގައެއް ނުކުރެވެއެވެ.

މިފަހަރު ހުވަދޫ އެޑިޝަންގައި ކުރިއަށް ގެންދިޔަ ކެޓަގަރީތަކަކީ ޕީޑީ 160 އަދި ޕީޑީ 125 އާއި، އަންޑަރ ބޯން އޯޕަން އާއި،، އެމް 160 އާއި، ޓީއެސް 65 އާއި ހޮންޑާ ވިނާރ އެކްސް އިވެންޓެވެ.

މި އިވެންޓުގައި ޖުމްލަ 18 ބައިވެރިން ބައިވެރިވިއިރު، އޭގެތެރެއިން 12 ރައިޑަރުން ވަނީ ވަނަތަކަށް ގޮސްފައެވެ.

ރާސް ޗެމްޕިއަންޝިޕުގެ ހުވަދޫ އެޑިޝަންގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: މައުޝިމް

ވަނަވަނައަށް ދިޔަ ބައިވެރިން:

1. އެމް 160

300 × 250

އެއްވަނަ: ސަދަޤަތުއްﷲ ޝަފީޤް - ޓީމް، އޮޓޯ ޓޯކް ރޭސިންގ
ދެވަނަ: މުޙައްމަދު ޖައިޝް - ޓީމް، އޮޓޯ ޓޯކް ރޭސިންގ

2. ޓީއެސް 65

އެއްވަނަ: މުޙައްމަދު ޖައިޝް - ޓީމް، އޮޓޯ ޓޯކް ރޭސިންގ
ދެވަނަ: ސުޢޫދު މުޙައްމަދު - ޓީމް، އޮޓޯ ޓޯކް ރޭސިންގ

3. ޕީޑީ 125

އެއްވަނަ: ޔޫސުފް ޒިމާން މުޙައްމަދު - ޓީމް، އެކްސްޓްރީމް އަންލީޝްޑް

ދެވަނަ: ސަދަޤަތުއްﷲ ޝަފީޤް - ޓީމް، އޮޓޯ ޓޯކް ރޭސިންގ

300 × 250

4. ޕީޑީ 160

އެއްވަނަ: ޔޫސުފް ޒިމާން މުޙައްމަދު - ޓީމް، އެކްސްޓްރީމް އަންލީޝްޑް

ދެވަނަ: ސުޢޫދު މުޙައްމަދު - ޓީމް، އޮޓޯ ޓޯކް ރޭސިންގ

ރާސް ޗެމްޕިއަންޝިޕުގެ ހުވަދޫ އެޑިޝަންގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގެގެ ތެރެއިން. ފޮޓޯ: މައުޝިމް

5. ހޮންޑާ ވިނަރ އެކްސް

އެއްވަނަ: ޙުސައިން ނަހުދު ނަޝީދު - ޓީމް، އެކްސްޓްރީމް އަންލީޝްޑް

ދެވަނަ: ޢަބްދުﷲ އަމަން ޒުހައިރު - ޓީމް، އޮޓޯ ޓޯކް ރޭސިންގ

6. އަންޑާ ބޯން އޯޕަން

އެއްވަނަ: ސުޢޫދު މުޙައްމަދު - ޓީމް، އޮޓޯ ޓޯކް ރޭސިންގ

ދެވަނަ: ޙަސަން ނުހާދު އާދަމް - ޓީމް، ހުވަދޫ މޮޓޯ ސްޕޯޓްސް

ރާސް ޗެމްޕިއަންޝިޕުގެ ހުވަދޫ އެޑިޝަންގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގެގެ ތެރެއިން. ފޮޓޯ: މައުޝިމް

އެވޯޑިން ޝަރަފް ކޮށްދެއްވީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު ނަސްރުالله ޢަލީއެވެ.

އިނާމުތަށް ބައްސަވައި ނިންމަވައި ދެއްކެވި ވާހަކައިގައި އޭނާ ވަނީ ތިނަދޫގައި ދެވަނަ ފަހަރަށް މިކަހަލަ ބޮޑު އިވެންޓެއް ބޭއްވީތީ ރޭސިންގް އެސޯސިއޭޝަންގެ ރައިސް އަދި މުޅި ޖަމިއްޔާއަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި މިކަހަލަ އިވެންޓަށް ބޭއްވުމުގައި ކައުންސިލްގެ އެއްބާރުލުންދޭނެ ކަމަށް ވިދާޅުވިއެވެ.

ރާސް ޗެމްޕިއަންޝިޕުގެ ހުވަދޫ އެޑިޝަންގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގެގެ ތެރެއިން. ފޮޓޯ: މައުޝިމް

އުންމީދަކީ ތިނަދުއަށް އުފަން ޒުވާނުން އެހެން ރަށްރަށުގައި ނަން ވިދާލާ، ރާއްޖޭން ބޭރުގެ މުބާރަތް ތަކުގައި ބައިވެރިވާނެ މަންޒަރު ދެކެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި