ގދ ތިނަދޫއިން ވޭތުވެދިޔަ 24 ގަޑިއިރުތެރޭ އިތުރު 3 މީހެއް ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
ގދ ތިނަދޫގައި ހުންނަ ޑރ އަބްދުލްސަމަދު މެމޯރިއަލް ހޮސްޕިޓަލުން މިރޭ ނެރެފައިވާ އަދާހަމައިން ދައްކާގޮތުގައި އެރަށުން މިއަދު އިތުރު ތިން މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު ބަލިން އެއްވެސް މީހަކު ފަސޭހަވެފައި ނުވެއެވެ.
މިހާރު އެރަށުގެ އެކްޓިވް ކޭސްގެ އަދަދަކީ 16 އެވެ. ތިނަދޫއިން މިފަހަކުން އައިސް ކޮވިޑް-19 އަށް ޖުމްލަ 990 މީހަކު ފައްސިވެފައިވާއިރު ބަލިން ފަސޭހަވެފައިވަނީ 971 މީހެކެވެ. ތިނަދޫގައި ހުންނަ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުންދަނިކޮށް 4 މީހަކު ވަނީ ނިޔާވެފައެވެ. ތިނަދޫ ކޮވިޑް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދެމުން މިވަގުތު ގެންދަނީ އެންމެ ބަލިމީހަކަށެވެ.
ތިނަދޫގެ އިތުރުން ގދ އަތޮޅު މަޑަވެލި އަދި ފަރެސްމާތޮޑާގައިވެސް ކޮވިޑް ކެސްތަކެއް ފާހަގަކުރެވިފައިވެއެވެ. އެގޮތުން މަޑަވެލީގައި މިވަގުތު ބަލިން ފަސޭހަނުވާ 4 މީހަކު ތިބިއިރު އެރަށުން ޖުމްލަ 12 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. ފަރެސްމާތޮޑާގައި މިވަގުތު ކޮވިޑް ބައްޔަށް ފައްސިވެފައިވާ 10 މީހަކު އެބަތިއްބެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.