އިޒްރޭލުގެ ހަނގުރާމައިގެ އަމާޒަކީ މުޅި މުސްލިމް އުންމަތް ކަމަށް ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެފައިވަނީ އިޒްރޭލުން މިހާރު ކުރަމުންދާ ހަނގުރާމައިގެ އަސްލު އަމާޒަކީ ހަމައެކަނި ވަކި ޖަމާޢަތެއް ނޫން ކަމަށާއި، އެ ހަނގުރާމައަކީ މުޅި މުސްލިމް އުންމަތާ ދެކޮޅަށް ކުރެވޭ ހަނގުރާމައެއް ކަމަށެވެ.

މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މައުމޫން ވިދާޅުވެފައިވަނީ އިޒްރޭލުން މި ހަނގުރާމަ ކުރަނީ ހަމައެކަނި ލުބްނާނާ ދެކޮޅަކަށް ނޫން ކަމަށެވެ. އޭގެ ބަދަލުގައި މި ހަނގުރާމަ ކުރަނީ ހުރިހާ އަރަބިންނާއި މުސްލިމުންނާ ދެކޮޅަށް ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ޢުދުވާނީ ޢަމަލުތަކާއި، ލުބްނާނަށް ދެމުންދާ ހަމަލާތަކަކީ މި ކަމުގެ ހެއްކެއް ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. އަދި ހުޅަނގުގެ ގައުމުތަކުން މި ހަގީގަތް އޮޅުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސް މައުމޫން އިތުރަށް ވިދާޅުވެފައިވަނީ ހުޅަނގުގެ ގައުމުތަކުން މިކަން އޮޅުވާލިޔަ ނުދިނުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ. މި ހަނގުރާމައިގެ ނަތީޖާއެއްގެ ގޮތުން، ޔަހޫދީން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި ފަލަސްޠީނުގެ 41,000 މީހުން ޝަހީދުކޮށްލައި، 96,000 މީހުން ޒަހަމްވެފައިވާ ކަމަށް ވެސް ރައީސް މައުމޫން ފާހަގަކުރެއްވިއެވެ. ޝަހީދުކޮށްލެވުނު މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށާއި، އޭގެތެރޭގައި އުމުރުން އެންމެ ދެ އަހަރުން ދަށުގެ 1,300 ކުޑަކުދިން ހިމެނޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. މި ބަޔާނުން ދޭހަވަނީ، ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް އިޒްރޭލުގެ ޢަމަލުތަކާމެދު ފުން ކަންބޮޑުވުން ފާޅުކުރޅުކުރައްވާ ކަމާއި، މި ހަނގުރާމައަކީ މުޅި މުސްލިމް އުންމަތާ ދެކޮޅަށް ކުރެވޭ ހަނގުރާމައެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމެވެ.