1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ވިޔަފާރި

ތިނަދޫ އައިސް ޕްލާންޓްގެ ފުލް ކެޕޭސިޓީގައި މިހާރު  ޚިދުމަތް ދެވޭނެ - އިލްޔާސް

C41AAF55-DB96-4852-91F0-790EC7310358
ތިނަދޫ އައިސް ޕްލާންޓް-- ހުވަދޫ ފޮޓޯ: މުހައްމަދު އަޚްތަރު
މުހައްމަދު އަޚްތަރު
791ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މިފްކޯގެ ދަށުން ހިންގާ ތިނަދޫ އައިސް ޕްލާންޓްގެ ފުލް ކެޕޭސިޓީގައި މިހާރު ޚިދުމަތް ދެވޭނެ ކަމުގައި އައިސް ޕްލާންޓްގެ މެނޭޖަރ މުހައްމަދު އިލްޔާސް ވިދާޅުވެއްޖެއެވެ.

ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން އިލްޔާސް ވިދާޅުވީ އައިސް ޕްލާންޓްގެ ކެޕޭސިޓީ އަކީ ދުވާލަކަށް 50 ޓަނު ކަމަށް ވިޔަސް ކުރިން އެ އަދަދަށް ތައްޔާރު ނުކުރެވޭ ކަމަށާއި ނަމަވެސް މިހާރު އެތަނަށް ބޮޑެތި ބަދަލު ތަކާ އިތުރު ކުރަން ޖެހޭ ބައިތައް ބަދަލު ކުރުމަށްފަހު ފުލް ކެޕޭސިޓީއަށް މަސްވެރިންނަށް އައިސް ލިބޭނެކަމަށެވެ.

އިތުރަށް ވާހަކަ ދައްކަވަމުން މެނޭޖަރ އިލްޔާސް ވިދާޅުވީ ކުރިން އައިސް ޓަނެއް ވިއްކަމުން ދިޔަ އަގަށް މިހާރު ވަނީ ހެޔޮ ބަދަލެއް ގެނެވިިފައިކަމަށާއި މަސްވެރިކަން ކުރާ ފަރާތްތަކުގެ ތެރޭގައި ހިމެނޭ ފަރު މަސްވެރިކަން ކުރާ ފަރާތްތަކަށް ވެސް މިހާރު އައިސް ދޫކުރަމުންދާކަމަށެވެ.

300 × 250

"މިހާރު ޓަނެއްގެ އަގު ޖީއެސްޓީ ނުލާ 775 ރުފިޔާ އަށް ލިބޭނެ. އަދި މަސްވެރިކަން  ކުރުމުގައި އައިސް ބޭނުންވާ ހުރިހާ ފަރާތްތަކަށް އައިސް ލިބޭނެ. ބޭނުންވަނީ މަސްވެރިން އައިސް ނުލިބިގެން މަހަށް ނުފުރި ނުތިބުން" އިލްޔާސް ވިދާޅުވިއެވެ.

ތިނަދޫ އައިސް ޕްލާންޓްގެ ދަށުން ގދ ގެ އެހެން ބައެއް ރަށްރަށުގައި ގައި ކޫއްޑޫގެ ދަށުން ހިންގާ އައިސް ޕްލާންޓް ތައްވެސް ބެލެހެއްޓުމުގައި އިސްކޮށް އުޅުއްވާ ތިނަދޫ އައިސް ޕްލާންޓްގެ މެނޭޖަރ އިލްޔާސް ވިދާޅުވީ މިސަރުކާރު އައި ފަހުން ތިނަދޫ އައިސް ޕްލާންޓާއި ޕްލާންޓްގެ ޖެޓީ ވަނީ ވަރަށް ބޮޑަށް ތަރައްގީ ކޮއްފައި ކަމަށާއި އެއީ ސަރުކާރުން ނުވަތަ މިފްކޯއިން  ކޮށްދެއްވާފައި ވަރަށް ބޮޑު ހޭދަ އެއް ކަމަށެވެ.

ތިނަދޫ އައިސް ޕްލާންޓަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން މަސްދޯނި ފަހަރުން އައިސް ގަތުމަށްދާ ތަނެކެވެ. ގިނަ އަހަރު ތަކެއް ވަންދެން ރަނގަޅަށް ނުހިނގި އަދި އައިސް ޕްލާންޓް ވެސް އެއްކޮށްހެން ހަލާކުވެފައި ވަނިކޮށް ދާދި ފަހުންވަނީ  އައިސް ޕްލާންޓަށް ބޮޑެތި ކުރި އެރުން ގެނެސް އައިސް ޕްލާންޓްގެ ޖެޓީ ހަދައި އެ ޖެޓީ އިތުރަށްވެސް ބޮޑުކޮށް ތަރައްޤީ ކޮށްފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި