1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އުތުރު މެރިޓައިމް ސާވިސަސް އިން ޚިދުމަތް ހޯދުމަށް ބޭރުގެ ބޯޓެއް އިހަވަންދިއްޕޮޅަށް، ތާރީހީ ދުވަހެއް!

66a236dd-7b03-4359-9e06-e0d3cdeb1b8a
ރިފާޢު ރަޝީދު
549ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އުތުރު މެރިޓައިމް ސާވިސަސް އިން ޚިދުމަތް ހޯދުމަށް ބޭރުގެ ބޯޓެއް އިހަވަންދިއްޕޮޅަށް  ބަނދަރު ކުރާގޮތަށް ހަމަޖެހިއްޖެއެވެ.

ރާއްޖޭގެ މެރިޓައިމް ދާއިރާ އިތުރަށް ފުޅާ ކުރައްވައި، ރާއްޖޭގެ އިގުތިސާދަށް ދިރުން ގެނެސްދޭނޭ އިތުރު ސިނާޢަތެއްގެ ގޮތުގައި ރާއްޖޭގެ މެރިޓައިމް ދާއިރާ ތަރައްގީ ކުރެއްވުމަށް ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރު ފެށްޓެވުމާއެކު، ކުރެއްވި މަސައްކަތް ޕުޅުތަކުގެ ތެރެއިން، ރާއްޖޭގެ އުތުރުން ދަތުރު ކުރަމުން ގެންދާ، ރާއްޖެއިން ބޭރުގެ ބޯޓު ފަހަރަށް ޚިދުމަތް ދިނުމަށް “އުތުރު މެރިޓައިމް ސާވިސަސް” ގެ ނަމުގައި އައު ޚިދުމަތް ތަކެއް ތަޢާރަފު ކުރައްވައި، މިދިޔަ ސެޕުޓެމްބަރ މަހުގެ 18 ވަނަ ދުވަހު، މިކަމަށް ވަނީ ޚާއްސަ ގޭޓުވޭ އެއް ހުޅުއްވާފައެވެ. ސަރުކާރުން މިމަސައްކަތާއި ހަވާލު ކުރައްވާފައިވަނީ މޯލްޑިވުސް ޕޯޓުސް ލިމިޓެޑާއި އެވެ.

މިވަގުތު ޖުމުލަ 14 ޚިދުމަތެއް ދިނުމަށް ތައްޔާރު ކުރެވިފައިވާ މިގޭޓުވޭ އާއި ބެހޭ މައުލޫމާތު ތައް، ރާއްޖެއިން ބޭރުގެ ފަރާތް ތަކުން ދަނީ ހޯދަމުންނެވެ.

300 × 250

މިގޮތުން، މިގޭޓުވޭ އިން ޚިދުމަތް ހޯދުމަށް ޕެނަމާގައި ރަޖިސްޓުރީ ކޮށްފައިވާ ކާގޯ ބޯޓެއް، މި އޮކުޓޯބަރ މަހުގެ 3 ވަނަ ދުވަހު އިހަވަން ދިއްޕޮޅަށް ބަދަރު ކުރާ ގޮތަށް ވަނީ ހަމަ ޖެހި ފައެވެ.

މި ބޯޓުން ހޯދުމަށް އެދިފައިވާ ޚިދުމަތް ތަކުގެ ތެރޭގައި، ޕައިލެޓޭޖް ޚިދުމަތް، ފުރެޝް ވޯޓަރ ސަޕުލައި، ކުރޫ ޗޭންޖް ( ރާއްޖެއިން ބޭރުން އަންނަ 6 ކުރޫ އެއް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ހއ. އަތޮޅަށް ގެންގޮސް ބޯޓަށް އަރުވައިދީ، ބޯޓުގައި ތިބި 9 ކުރޫ އެއް ބޯޓުން ބާލައިގެން ގެންގޮސް ވެލާނާ އިންޓަނޭޥަލް އެއަރޕޯޓުން ރާއްޖެ އިން ބޭރަށް ފުރުވާލުން / ޖުމުލަ 15 ކުރޫ ޗޭންޖް) ކާބޯ ތަކެތި ސަޕުލައި ކޮށްދިނުން އަދި ސްޕެއަރ ޕާޓުސް ސަޕުލައި ކޮށް ދިނުން ހިމެނެއެވެ. މި ބޯޓަށް ޚިދުމަތް ދިނުމުގައި އެމްޕީއެލް ގެ އިތުރުން، އަމިއްލަ ކުންފިނިތައް ވެސް ބައިވެރި ވާނެ އެވެ.

ބައިނަލް އަޤުވާމީ މިންގަޑު ތަކާއި އެއްގޮތްވާ ގޮތުގެ މަތިން މެރިޓައިމް ދާއިރާ އިން ޚިދުމަތް ދިނުމަށް ގާއިމްކުރި “އިންޓަނޭޝަނަލް ޝިޕް އެންޑު ޕޯޓު ސެކިއުރިޓީ” (ISPS Gate) ގޭޓު ގާއިމް ކޮށްފައި ވަނީ ހއ. އުލިގަމުގައެވެ.

މިޚިދުމަތް ތައް ދިނުމަށްޓަކައި މިކަމަށް ޚާއްސަ ވެބުސައިޓަކާއި ، 24 ގަ ޑި އިރު ޚިދުމަތްދޭ ކޯލް ސެންޓަރެއްވެސް މިހާރުވަނީ ގާއިމްކޮށްފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި