1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ރާއްޖޭގެ އުމުރުން ދުވަސްވީ މީހުންގެ އާބާދީގެ %36 އަކީ ކޮންމެވެސް ނުކުޅެދުންތެރިކަމެއް ހުންނަ މީހުން: ތަފާސް ހިސާބު

ed
ދިވެހިންގެ ތަސްވީރެއް،.......ފޮޓޯ:ވެންޑަރވިޒްޑަމް
މަރްޔަމް ޝަފާ ސައީދު
325ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ދިވެހިރާއްޖޭގެ އުމުރުން ދުވަސްވީ މީހުންގެ އާބާދީގެ 36 އިންސައްތަ އަކީ ކޮންމެވެސް ނުކުޅެދުންތެރިކަމެއް ހުންނަ ބައެއް ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މި އަހަރުގެ އިސްރަށްވެހިންގެ ދުވަހާ ގުޅިގެން އެމްބީއެސްއިން ޢާންމުކުރި 2022 ވަނަ އަހަރުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ރާއްޖޭގެ އާބާދީގެ 5 އިންސައްތަ (20،553) އަކީ އުމުރުން ދުވަސްވީ މީހުންނެވެ. މީގެ ތެރެއިން 36 އިންސައްތަ ނުވަތަ 7،402 މީހުންނަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނެވެ. މި އަދަދުގެ ތެރޭގައި ހިމެނެނީ 4،024 އަންހެނުންނާއި 3،378 ފިރިހެނުންނެވެ.

އުމުރުން ދުވަސްވީ މީހުންގެ ތެރެއިން އެންމެ ގިނައީ 65-74 އަހަރާ ދެމެދުގެ މީހުންނެވެ. އެއީ އުމުރުން ދުވަސްވީ މީހުންގެ 63 އިންސައްތަ އެވެ. އުމުރުން 85 އަހަރުން މަތީގެ މީހުންގެ ނިސްބަތަކީ 9 އިންސައްތަ އެވެ.

300 × 250

އުމުރުން ދުވަސްވީ މީހުންގެ އާބާދީ އެންމެ ގިނައީ މާލޭގައެވެ. މާލޭގައި 6،699 އިސްރަށްވެހިން ދިރިއުޅޭއިރު، އައްޑޫ ސިޓީގައި 1،802 އިސްރަށްވެހިން ދިރިއުޅެއެވެ. އަތޮޅުތަކުގެ ތެރެއިން އެންމެ ގިނަ އިސްރަށްވެހިން ދިރިއުޅެނީ ހދ. އަތޮޅުގައެވެ. އެ އަތޮޅުގައި 1،303 އިސްރަށްވެހިން ދިރިއުޅެއެވެ.

އުމުރުން ދުވަސްވީ މީހުންގެ މެދުގައި ނުކުޅެދުންތެރިކަން ގިނައިން ފެންނަނީ ހިނގުމުގައި، ފެނުމުގައި އަދި ކަންކަން ހަނދާންކުރުމުގައެވެ.

މި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، އިސްރަށްވެހިންގެ 60 އިންސައްތަ މީހުން ކައިވެނިކޮށްގެން އުޅޭއިރު، 29 އިންސައްތަ މީހުންނަކީ އިނދެ ވަރިވެފައި ތިބި މީހުންނެވެ. އަދި ދުވަހަކުވެސް ކައިވެނި ނުކުރާ މީހުން މީހުންގެ އިންސައްތަ އަކީ 1 އެވެ.

ތަޢުލީމީ ފެންވަރަށް ބަލާއިރު، އިސްރަށްވެހިންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުންނަކީ ޕްރައިމަރީ ފެންވަރުގެ ތަޢުލީމު ހާސިލުކޮށްފައިވާ މީހުންނެވެ. ނަމަވެސް، ކޮންމެ 5 މީހަކުން އެކަކު ދުވަހަކުވެސް ސްކޫލަށް ގޮސްފައި ނުވާކަން ފާހަގަކުރެވެއެވެ.

މަސައްކަތުގެ ދާއިރާއަށް ބަލާއިރު، އިސްރަށްވެހިންގެ 67 އިންސައްތަ މީހުންނަކީ އުފެއްދުންތެރިކަމުގެ މަސައްކަތްތަކާއި، ދަނޑުވެރިކަމާއި، ފޮރެސްޓްރީ އަދި މަސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކޮށް އާމްދަނީ ހޯދާ މީހުންނެވެ. އަދި 16 އިންސައްތަ މީހުން ވަޒީފާގައި އުޅޭއިރޭއިރު ވަޒީފާ ނެތް މީހުންގެ އިންސައްތައަކީ 6 އެވެ.

މި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ދިވެހިރާއްޖޭގެ އުމުރުން ދުވަސްވީ މީހުންގެ ތެރެއިން ގިނަ ބަޔަކު ދިރިއުޅެމުންދަނީ އެކި ބާވަތުގެ ގޮންޖެހުންތަކާ ކުރިމަތިލަމުންނެވެ. ޚާއްޞަކޮށް ނުކުޅެދުންތެރިކަމުގެ މައްސަލަތަކާއި، ތަޢުލީމީ ފެންވަރު ދަށްވުމާއި، އާމްދަނީ ހޯދުމުގެ ގޮތްތައް މަދުވުން ފަދަ ކަންކަން ފާހަގަކުރެވެއެވެ.

މި ހިސާބުތަކުން ދައްކާ ގޮތުގައި، ރާއްޖޭގެ އާބާދީގެ މުހިންމު ބައެއް އަދާކުރަމުންދާ އިސްރަށްވެހިންނަށް އަމާޒުކޮށްގެން ޚާއްޞަ ސިޔާސަތުތަކާއި ޕްރޮގްރާމްތައް ތަޢާރަފުކުރުމުގެ މުހިންމުކަން ބޮޑުވެފައިވާކަން ފާހަގަކުރެވެއެވެ. މީގެ ތެރޭގައި ޞިއްޙީ ޚިދުމަތްތައް ފުޅާކުރުމާއި، އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމު ހަރުދަނާކުރުމާއި، އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުން ފަދަ ކަންކަން ހިމެނެއެވެ.

އެމްބީއެސްއިން މި ތަފާސް ހިސާބުތައް ޢާންމުކޮށްފައިވަނީ 1 އޮކްޓޯބަރ 2023 ގައި ފާހަގަކުރި ބައިނަލްއަޤްވާމީ އިސްރަށްވެހިންގެ ދުވަހާ ގުޅިގެންނެވެ. މި ހިސާބުތަކަކީ ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކަށާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކަށް އުމުރުން ދުވަސްވީ މީހުންނާ ގުޅޭ ގޮތުން ނިންމުންތައް ނިންމުމުގައި މުހިންމު މަޢުލޫމާތުތަކެއް ކަމުގައި ބެލެވެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި