1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ލައިފްސްޓައިލް

ފިރިމީހާ ފެންނުވަރާ ކަމަށް ބުނެ ކައިވެންޏަށް 40 ދުވަސް ފަހުން ވަރިވާން އެދިއްޖެ

istockphoto-917616066-612x612
އަބްދުލް މުޙްސިން އަލީ
949ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ފިރިމީހާގެ ސާފުތާހިރުކަން ކުޑަކަމަށް ބުނެ, ކައިވެންޏަށް 40 ދުވަސް ފަހުން އަންހެނަކު ވަރިވާން އެދިއްޖެއެވެ.

އިންޑިއާގެ އެ އަންހެން މީހާ އޭނާގެ ފިރިމީހާއާ ވަރިވާން ހުށަހެޅީ އޭނާ ފެންވަރަނީ މަހަކު އެއްފަހަރު ނުވަތަ ދެ ފަހަރު ކަމަށް ބުނެއެެވެ.

އިންޑިއާގެ އުއްތަރަ ޕްރަދޭޝް ސްޓޭޓްގެ އާގްރާއަށް ނިސްބަތްވާ އެ އަންހެން މީހާ އޭނާގެ ފިރިމީހާގެ ސާފުތާހިރުކަން ދަށްކަމަށް ބުނެ ލޯކަލް ފެމިލީ ކައުންސެލިން ސެންޓަރަށް ގޮސް ބުނީ, އޭނާ އަކީ ވަރަށް މަދުން ނޫނީ ފެންވަރައި, ދާވެފައި ހުންނަ ހެދުން ލައިގެން އުޅޭ މީހެއް ކަމަށެވެ. އަދި އޭނާގެ ގައިންނާއި އަނގައިން ނުބައި ވަސްދުވާ ކަމަށްވެސް އަންހެން މީހާ ވަނީ ބުނެފައެވެ.

300 × 250

އެހެންކަމުން ކައިވެންޏަށް އެންމެ 40 ދުވަސް ފަހުން އެ އަންހެން މީހާ ވަރިވާން އެދުނެވެ. ކައުންސެލިން ސެންޓަރުން ސުވާލުކުރުމުން ފިރިމީހާ ރާޖާޝް ވަނީ މަހަކު އެއްފަހަރު ނުވަތަ ދެފަހަރު ފެންވަރައި، ހަފުތާއަކު އެއްފަހަރު އޭނާގެ ހަށިގަނޑަށް ގަންގަޖަލް (ގަންގާ ކޯރުގެ ފެން) އަޅައިގެން ސާފުކުރާ ކަމަށް އިއުތިރާފުވެފަ އެވެ.

އާގްރާގައި ހުންނަ ފެމިލީ ސެންޓަރުގެ ކައުންސެލަރަކު ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުނީ ޒުވާން ދެމަފިރިން ފިރިމީހާގެ ސާފުތާހިރުކަމާ މެދު ދެބަސް ވާން ފެށީ ކައިވެންޏަށް ހަފުތާތަކެއް ފަހުން ކަމަށެވެ. އަދި ގެއިން ނިކުމެގެން ގޮސް އޭނާގެ އާއިލާ ކައިރީގައި ދިރިއުޅުމަށް އަންހެން މީހާ ބަދަލުވި ކަމަށާއި, އެމައްސަލަ ފުލުހަށް ހުށަހެޅި ކަމަށްވެސް ކައުންސެލަރު ބުންޏެވެ.

 

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި