އިންޑިއާގެ އިންސްޓެންޓް ޕޭމެންޓް ސިސްޓަމް، ޔުނިފައިޑް ޕޭމެންޓްސް އިންޓަފޭސް (ޔޫޕީއައި) ގެ ދަށުން ރުޕޭ ކާޑު ދިވެހިރާއްޖެއަށް ތަޢާރަފުކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ރާއްޖޭގައި ރުޕޭ ކާޑު ބޭނުންކުރެވޭނެ މަގު ފަހިކޮށްދެއްވާފައިވެއެވެ. ރައީސް މުޢިއްޒު އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބައްދަލުވުމަށްފަހު، ދެ ލީޑަރުން އެކުގައި ދެއްވި މީޑިއާ ބަޔާނުގެ ކުރިން، ދިވެހިރާއްޖޭގައި ރުޕޭގެ ފުރަތަމަ މުޢާމަލާތް ކުރެވުނު މަންޒަރު ލައިވްކޮށް ދައްކުވައިދެއްވިއެވެ. ޔޫޕީއައި ޕޭމެންޓް ސިސްޓަމް އިންޑިއާގައި ތަޢާރަފުކުރެވުނީ 2016 ވަނަ އަހަރުއެވެ. މިއީ މޯބައިލް ފޯނު މެދުވެރިކޮށް ބޭންކުތަކުގެ މެދުގައި މާލީ މުޢާމަލާތްތައް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އެންޕީސީއައި އިން ތަރައްޤީކޮށްފައިވާ ރިއަލް-ޓައިމް ޕޭމަންޓް ނިޒާމެކެވެ. ރުޕޭ ކާޑު ތަޢާރަފުކުރެވުމާއެކު، ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްތަކާއި، ޕޮއިންޓް އޮފް ސޭލް ޓަރމިނަލްތަކާއި އަދި އެހެނިހެން ޑިޖިޓަލް ޗެނަލްތަކުގައިވެސް ރުޕޭ ކާޑު ބޭނުންކުރެވޭނެއެވެ. ރުޕޭއަކީ އިންޑިއާގައި ވަރަށް މަޤްބޫލު ޑެބިޓް އަދި ކްރެޑިޓް ކާޑު ޕޭމަންޓް ނެޓްވޯކެކެވެ. ދިވެހިރާއްޖޭގައި ރުޕޭ ކާޑު ބޭނުންކުރަން ފެށުމަކީ، ރާއްޖޭގައި ދިރިއުޅޭ އިންޑިއާ ރައްޔިތުންނަށް މާލީ މުޢާމަލާތްތައް ކުރުމަށް ލިބިގެންދާނެ މުހިންމު ފަސޭހައެކެވެ. މީގެ އިތުރުން، އިންޑިއާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިންނަށްވެސް ރުޕޭ ކާޑު މެދުވެރިކޮށް ދެ ޤައުމުގައި ވިޔަފާރީގެ މުޢާމަލާތްތައް ކުރުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.
އިންޑިއާގެ "ރުޕޭ" ކާޑް ރާއްޖޭގައި ބޭނުންކުރެވޭ ގޮތް ހަދައިފި

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.