އަންނަ ނޮވެމްބަރ މަހުން ފެށިގެން ސްރީލަންކަންގެ ފްލައިޓްތައް އައްޑޫއަށް ދަތުރު ފަށާނެކަމަށް ސްރީލަންކަން އެއަރ ލައިންސް އިން ބުނެފިއެވެ.
އައްޑޫއަށް ކުރަމުން އައި ޝެޑިއުލް ފްލައިޓްތައް މެދުކަނދާލަފައި އޮންނަތާ އަހަރަކަށްފަހު ދަތުރުތައް އަލުން ފަށަން ހަމަޖެހިފައިވާކަމަށް އެއާލައިންސްގެ ޖެނެރަލް ސޭލްސް އެޖެންޓް، އޭސް އޭވިއޭޝަންގެ ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވެއްޖެއެވެ.
ފިރާގު ވިދާޅުވީ އަންނަ ނޮވެމްބަރ މަހުން ފެށިގެން މިޑްލްއީސްޓާއި އައްޑޫ އަދި ޕެރިސް ކަނެކްޝަން ހިމެނޭ ގޮތަށް ކަނެކްޓްކޮށްފައި ހަފްތާއަކު އެއް ފްލައިޓް ބާއްވަން ހަމަޖެހިފައިވާކަމަށާއި ދުވާލެއްގެ މައްޗަށް އަދި ޝެޑިއުލްކޮށްފައިވަނީ އެންމެ ފްލައިޓެއް ކަމަށެވެ. އަދި ކޮލަމްބޯ އައްޑޫ ފްލައިޓްގެ އަގު އުޅެނީ ރިޓާން 420 ޑޮލަރުން ފެށިގެންނެވެ. އެހެންނަމަވެސް އެންމެ ފުރަތަމަ ޝެޑިއުލް ފްލައިޓްތައް ނޮވެމްބަރގައި ފަށާއިރު ފެއަރ ޓިކެޓްތައް ދޫކުރެވޭނެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.