1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ހުކުރާ ހަމައަށް މޫސުން ވަރަށް ގޯސް!

މޫސުން ގޯސް ދުވަހެއް
މަރިޔަމް އަފީފާ
206ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ހުކުރު ދުވަހާ ހަމައަށް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ލަފާކުރެވެނީ ވަރަށް ގޯސްކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފިއެވެ.

ކުރިއަށްއޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭކަމަށާ އަދި ބައެއް ރަށްތަކަށް ބޯކޮށްވާރޭވެހި، ގުގުރުން އެކަށީގެންވާކަމަށް މެޓު އޮފީހުން ވަނީ ހާމަކުރަެއވާފައެވެ.

ހުޅަނގާއި ހުޅަނގު އުތުރުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި، އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާ 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭކަމަށާ އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށް މެޓް އޮފީހުން ހާމަކޮށްފައިވެއެވެ.

300 × 250

މީގެ އިތުރުން، ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ވިދާޅުވެފައެވެ. އަދި އެހެން ހިސާބުތަކުގެ ކަނޑުތައް ގަދަވާނެކަމަށާއި، ދެކުނުގެ އަތޮޅުތަކަށް ރާޅުގެ އުސްމިނުގައި 2-5 އަދި އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ރާޅުގެ އުސްމިނުގައި 4-7 ފޫޓު ހުންނާނެކަމަށް އެ އިދާރާއިންލަފާކުރެއެވެ.

ހުކުރު ދުވަހާއި ހަމައަށް ވިއްސާރަ ކުރާނެކަމަށް ލަފާކުރެވޭއިރު، ހުކުރުގެ ފަހުންވެސް މޫސުން އެއްކޮށް އަލިނުވެ ކޮންމެވެސް ވަރަކަށް ވާރޭވެހޭނެ ކަމަށްވެސް މެޓުން ހާމަކޮށްފައިވެއެވެ.

މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށްވާއިރު، މިހާރު ރާއްޖޭގެ ސަރަޙައްދުގައި ބޯވިއްސާރަ ވިލާ އުފެދުމުގެ ފުރުޞަތު ބޮޑުވެފައިވާތީ ހުޅަނގު މޫސުމުގެ ބާރުގަދަވެފައިވާ ކަމަށް މެޓުން ކުރިން ހާމަކޮށްފައިވެއެވެ. ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ކަމާގުޅޭ ފަރާތްތަކުން ވަނީ އިލްތިމާސްކުރައްވާފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި