ކޮވިޑް ބަލީގައި، ތިނަދޫގައި ހުންނަ ކޮވިޑް ފެސިލިޓިގައި ފަރުވާ ހޯދަމުންދިޔަ ތިނަދޫ އުމުރުން ދުވަސްވީ ފިރިހެނަކު ނިޔާވެއްޖެއެވެ. ތިނަދޫގައި ހުންނަ ޑރ އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ މީޑިއާ ކޯޑިނޭޓަރ ސާލިމް އަލީ ވިދާޅުވީ، ކޮވިޑް ބަލީގައި ފަރުވާ ހޯދަމުންދަނިކޮށް 89 އަހަރުގެ ދިވެހި ފިރިހެނެއް މިއަދު 16:52 ގައި ނިޔާވެފައިވާ ކަމަށެވެ. މިއީ ތިނަދޫ ކޮވިޑް ފެސިލިޓީގައި ފަރުވާހޯދަމުންދަނިކޮށް ނިޔާވި 4 ވަނަ މީހާއެވެ.

މި މަރުހޫމާ އަޅުގަނޑުމެންނާއި ވަކިވެދިޔުމުގެ ހިތާމައިގައި، ހުވަދޫ ނިއުސްގެ ފަރާތުން ބައިވެރިވެ ތަޢުޒިޔާ ދަންނަވަމެވެ. އަދި މި މަރުހޫމާގެ ފުރާނަޔަށް ކީރިތިﷲ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރައްވައި، އާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން!

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون