ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރަން އެދި ހުށަހަޅާ ފޯމަށް ބަދަލެއް ގެނެސްފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފިއެވެ.
ޝަރުއީ ދާއިރާގެ ކުށުގެ ރެކޯޑް ސާފުކުރުމަށް އެދި ހުށަހަޅާ "ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރާ ފޯމް (ޖަދުވަލު 1)" އަށް ބަދަލު ގެނެވިފައިވާތީ، ޑީޖޭއޭއިން މިއަދު ވަނީ އެކަން އާންމުކޮށް އިއުލާނުކޮށްފައެވެ.
އެހެންކަމުން މިއަދުން ފެށިގެން ރެކޯޑު ސާފުކުރެއްވުމަށް މި ފޯމް މެދުވެރިކޮށް ހުށަހެޅުއްވުމަށް ޑީޖޭއޭއިން ވަނީ އެދިފައެވެ.
ކުށުގެ ރެކޯޑް ސާފުކުރުމަށް އެދި ހުށަހަޅާ ފޯމު ޑީޖޭއޭގެ ރިސެޕްޝަން އަދި ޑިޕާޓްމަންޓުގެ ވެބްސައިޓް www.dja.gov.mv އިން ލިބެން ހުންނާނެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.