ހުރަވީ ސްކޫލުގެ ކުއްޖަކު ކުއްލިގޮތަކަށް ނިޔާވެއްޖެއެވެ.
އެކަމާ ގުޅިގެން ފުލުހުން ބުނީ ނިޔާވެފައިވަނީ އަންހެން ކުއްޖެއް ކަމަށެވެ.
ފުލުހުން ބުނީ އެ ކުއްޖާއަށް ސިއްހީ ހާލަތެއް މެދުވެރިވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް މިއަދު ހެނދުނު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެ އެވެ.
އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.