1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ކުޅިވަރު

މަކިޓާ ގައުމީ އެތްލެޓިކްސް ޗެމްޕިއަންޝިޕް- ހަވާ އެރުވުމުގެ ކުލަގަދަ ރަސްމިއްޔާތާއިއެކު މުބާރާތް ނިންމުން މިރޭ!

cfc83da8-9ba2-4ce0-baf6-39fe520f1ea0
15 ވަނަ މަކިޓާ ގައުމީ އެތްލެޓިކްސް ޗެމްޕިއަންޝިޕްގެ 3000 މީޓަރު ދުވުމުން ގއ ކަނޑުހުޅުދޫ ސްކޫލުގެ މަރިޔަމް ނޫޔަން ނިޔާޒް ރޭސް ނިންމަނީ. މި އެތްލީޓް ވަނީ މިރޭހުން ގޯލްޑް މެޑަލް ހާސިލްކޮށްފައި-ފޮޓޯ/ފުވައްމުލަކު ސިޓީ ކައުންސިލް
ރިފާޢު ރަޝީދު
1,816ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

15 ވަނަ މަކިޓާ ގައުމީ އެތްލެޓިކްސް ޗެމްޕިއަންޝިޕްގެ ނިމުމުގެ ރަސްމިއްޔާތު މިރޭ އޮންނާނެއެވެ.

މުބާރާތުގެ ފަހުގެ ފައިނަލް އިވެންޓްތައް މިއަދު ހަވީރު އޮންނާނެއެވެ. މުބާރާތުގެ ނިމުމުގެ ރަސްމިއްޔާތު މިރޭ 19:50 ގައި ބޭއްވުމަށް ނިންމާފައިވާއިރު، މި ރަސްމިއްޔާތުގައި ހަވާ އެރުވުން އޮންނާނެއެވެ.

މުބާރާތުގައި މިހާތަނަށް 10 މީޓް ރެކޯޑް ހަދާފައިވާއިރު، އެންމެ ގިނަ މީޓް ރެކޯޑް ހަދާފައިވާ ޓީމްތަކުގެ ތެރޭގައި ގއ ކަނޑުހުޅުދޫ ސްކޫލް އަދި ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަން ހިމެނެއެވެ.

300 × 250

29 ޓީމަކުން 868 އެތްލީޓުން ބައިވެރިވި މި މުބާރާތުގެ މެއިން ސްޕޮންސަރަކީ އެސްޓީއޯގެ މަކިޓާ ބްރޭންޑެވެ.

ފުވައްމުލަކު ސިޓީގެ މޭޔަރ ވިދާޅުވީ މިފަހަރުގެ މުބާރާތަކީ އެހެން އަހަރުތަކާއި އަޅާބަލާއިރު ފުރިހަމަ ވާނެ މުބާރާތެއް ކަމަށާއި، މުޅި ފުވައްމުލަކު ސިޓީ އޮތީ މުބާރާތަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށެވެ. އަދި މުބާރާތް ކާމިޔާބު ކާމާއިއެކު ކުރިއަށް ގެންދިއުމަށް އެއްބާރުލުން ދެއްވާ ހުރިހާ ފަރާތްތަކަށް އިހްލާސްތެރިކަމާއި އެކު ޝުކުރު ދަންނަވާކަމަށެވެ.

މިފަހަރުގެ މުބާރާތް ވެގެން ދާނީ އެހެން މުބާރާތްތަކާއި އަޅާބަލާއިރު އިންތިޒާމްތައް ރަނގަޅު މުބާރާތެއްގެ ގޮތުގައެވެ. އަދި މިފަހަރުގެ މުބާރާތައް ފުވައްމުލަކު ސިޓީވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި