1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ޖޫން މަހަށް ވުރެ ޖުލައި މަހު ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު ބޮޑު ތަނުން އިތުރު

ފަތުރުވެރިން ރާއްޖެ އައުމުން މަރުހަބާ ކިޔުން
މަރިޔަމް އަފީފާ
503ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ޖޫން މަހަށް ވުރެ ޖުލައި މަހު ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު ބޮޑު ތަނުން އިތުރުވެއްޖެއެވެ.

މިކަން ހާމަވެފައިވަނީ، އެންމެ ފަހުން މިނިސްޓްރީ އޮފް ޓޫރިޒަމުން އާންމުކޮށްފައިވާ ފަހުގެ ތަފާސް ހިސާބުތަކުންނެވެ.

ހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ޖޫން މަހު ރާއްޖެއަށް އައިސްފައިވަނީ 125,891 ފަތުރުވެރިންނެވެ. ނަމަވެސް ޖުލައި މަސް ނިމުނުއިރު މި އަދަދު ވަނީ 184,735 އަށް އުފުލިފައެވެ. މިއީ ޖޫން މަހާ އަޅާބަލާއިރު ގާތްގަނޑަކަށް 46 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ.

300 × 250

ޖޫން މަހާ އަޅާބަލާއިރު ކުރިއެރުމެއް ލިބުނު ނަމަވެސް، މިދިޔަ އަހަރުގެ ޖުލައި މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިއީ 1.9 އިންސައްތައިގެ ކުޑަ ދަށްވުމެކެވެ. މި ދަށްވުން އައިސްފައިވަނީ، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ ނިޒާމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ހުރަސްތައް ކަމަށް މާހިރުން ލަފާކުރެއެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޖަނަވަރީ މަހު 227,403 ފަތުރުވެރިން އައިސްފައިވާއިރު، ފެބުރުވަރީ މަހު 254,555 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އަދި މާރިޗު މަހު 161,254 ފަތުރުވެރިން، އޭޕްރީލް މަހު 152,863 ފަތުރުވެރިން، މޭ މަހު 142,555 ފަތުރުވެރިން، ޖޫން މަހު 123,552 ފަތުރުވެރިން އަދި ޖުލައި މަހު 184,735 ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފައެވެ.

ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ބަޔަކު ޗުއްޓީ ހޭދަކުރަނީ ރިސޯޓްތަކުގައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި