ރައީސުލްޖުމްހޫރިއްޔާގެ މުސާރައިގެ %50 އުނިކުރާ ގޮތަށް 2025ގެ ބަޖެޓަށް ބޮޑު ބަދަލެއް ގެނެސްފިއެވެ.
2025 ވަނަ އަހަރަށް ދައުލަތުގެ ބަޖެޓު ހުށަހަޅާއިރު، އިޤްތިޞާދީ އިޞްލާޙީ އެޖެންޑާގެ ދަށުން، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ މަޤްޞަދުގައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން މި ފިޔަވަޅުތަކުގެ ތެރޭގައި މުސާރައާ ގުޅޭ ގޮތުން 2 އަހަރު ދުވަހުގެ މުއްދަތަށް އަޅާ ފިޔަވަޅުތަކެއް ހިމެނެއެވެ.
މިބަދަލުތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަވި ބަދަލަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މުސާރައިގެ 50 އިންސައްތަ ނުނަގާ ގޮތަށް ހަމަޖެއްސުމަށް ހުށަހަޅާފައިވާ ބަދަލެވެ.
މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ މުސާރައިން 10 އިންސައްތަ އުނިކުރުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާ އިރު، ޝަރުއީ ދާއިރާގެ އިސްވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރައިން ވެސް 10 އިންސައްތަ އުނިކުރުމަށް އެ ފަރާތްތަކުގައި އެދިފައިވެއެވެ.







ޚިޔާލު (1)
ޢަދި ހަމަ ސަމާލުވާނެއެވެ