ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމާން ވަޙީދު، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގް ލިކްސިންއާ އިއްޔެ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ކޮންޓްރޯލަރ ޖެނެރަލް ވަނީ ކުރިއަށް އޮތް ޗައިނީޒް އެމްބެސެޑަރ އިމިގްރޭޝަން ކަޕް 2024 އަށް ދެއްވި ދީލަތި އެހީތެރިކަމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފައެވެ.
އެގޮތުން އެ އެހީތެރިކަމަށްޓަކައި ސަފީރަށް ވަރަށް އިޚްލާޞްތެރިކަމާއެކު ވަނީ ޝުކުރު ވެސް އަދާކުރައްވާފައެވެ.
ކޮންޓްރޯލާ ޖެނެރަލް ޗައިނާގެ ސަފީރާއި ބައްދަލު ކުރައްވާފައިވާއިރު، ރާއްޖެއާއި ޗައިނާއިން ދަނީ ގިނަ ރޮނގުތަކުން ގުޅުންތައް ބަދަހި ކުރަމުންނެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.