ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައިގެ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމުގެ ގޮތުން މިއަދު ގިނަ އަދަދެއްގެ ސިވިލް ސާވަންޓުން ކަޅުހެދުމުގައި އޮފީހަށް ނުކުމެއްޖެއެެވެ.
ސިވިލް ސާވަންޓުންގެ އެސޯސިއޭޝަނުން މިދިޔަ ހަފްތާގައި އިއުލާން ކުރެއްވި ގޮތުގައި އާދީއްތަ ދުވަހު ކަޅު ހެދުމުގައި އޮފީހަށް ނިކުމެ ކުރިއަށް ގެންދާ ހިމޭން އިހްތިޖާޖަށް ސަރުކާރުން ސަމާލުކަން ނުދީފިނަމަ ހޯމަދުވަހު މަސައްކަތް ހުއްޓާލުމަށް ވަނީ ނިންމާފައެވެ.
އެގޮތުން ސިވިލް ސާވަންޓުން ސަރުކާރުގައި ކުރާ ޑިމާންޑްތަކުގެ ތެރޭގައި ދަށް ފަންތީގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމާއި ސެޓްފިކެޓް ހުށަހެޅުމުން ވަޒީފާގެ ކުރިއެރުން ލިބޭނެގޮތް ހެދުމާއި ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ލިބޭ ގޮތަށް ސިވިލް ސާވަންޓުންނަށްވެސް ލިވިން އެލަަންސް ލިބިދިނުމާއި މިނިމަމް ވޭޖު އަވަށްކޮށްދިނުމާއި ސްކޫލްތަކުގެ އިދާރީ މުވައްޒަފުންނަށް އިތުރު އެލަވަންސެއް ހަމަޖައްސައިިދިނުން ހިމެނެއެވެ.
ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނެ ކަމަށް ރައީސް ސޯލިހު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.