މި ވުޒާރާއިން ކުރިއަށް ގެންދާ "ހާލު ކިހިނެއް؟" ޕްރޮގްރާމް ބ. އޭދަފުށީގައި ފަށައިފިއެވެ.

މިދިޔަ 3 މަސްދުވަހުގެ ތެރޭގައި ބ.އޭދަފުށީގެ 150 އަށްވުރެ ގިނަ ގޭބިސީއަށް "ހާލު ކިހިނެއް؟" ޓީމުން ވަނީ ޒިޔާރަތްކޮށްފައި ކަމަށް އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

"ހާލު ކިހިނެއް؟" ޕްރޮގްރާމަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ގެތަކަށް ޒިޔާރަތްކޮށް، ރައްޔިތުންގެ ހާލު ބަލައި ދައުލަތުގެ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެއްކެވެ.

މިއީ މުޅި ރާއްޖެ އަށް އަމާޒު ކޮށްގެން ސަރުކާރުން ކުރިއަށްގެންދާ ހަރަކާތެކެވެ. މީގެ ސަބަބުން ރާއްޖެ އަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަތައް ދެނެގަނެވޭނެކަމަށް އެ ވުޒާރާއިން ވަނީ ހާމަ ކޮށްފައެވެ.