ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމުގައި ހުންނެވި އަލްއުސްތާޛް ޢަލީ ސަމީރު މަޤާމުން އިސްތިއުފާދެއްވައިފިއެވެ.
ޢަލީ ސަމީރު ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް އައްޔަންކުރެވުނީ 12 މޭ 2022 ގައެވެ. ޢަލީ ސަމީރު ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމުގައި ހުންނަވައި އެ އޮފީހަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތަކުގެ އަގު ވަޒަންކޮށް، ޕްރޮސިކިއުޓަރ ޖެނެރަލްއާއި، އެ އޮފީހުގެ މުވައްޒަފުން ވަނީ ޝުކުރު އަދާކުރައްވައެވެ.
އަލީ ސަމީރަކީ 2011 ވަނަ އަހަރު މާރޗް 26 އިން ފެށިގެން އޭޕްރީލް 2022 އަށް ސަމީރު ވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.