1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ވިޔަފާރި

ރާއްޖެއިން ޗައިނާއަށް މަހުގެ ބާވަތްތައް އެކްސްޕޯޓު ކުރެވޭނެހެން އެއްބަސްވުމެއްގައި ސޮއި ކޮށްފި

6y9
ރާއްޖެއިން ޗައިނާއަށް މަހުގެ ބާވަތްތައް އެކްސްޕޯޓު ކުރެވޭނެހެން އެއްބަސްވުމެއްގައިސޮއިކުރުން..............ފޮޓޯ:ޕީއެސްއެމް
މަރްޔަމް ޝަފާ ސައީދު
299ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރާއްޖޭން ޗައިނާއަށް މަހުގެ ބާވަތްތައް އެކްސްޕޯޓު ކުރެވޭ ގޮތް ހެދުމަށް ހާއްސަ އެއްބަސްވުމެއްގައި މިއަދު ސޮއި ކޮށްފި އެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޖެނެރަލް އެޑްމިނިސްޓްރޭޝަން އޮފް ކަސްޓަމްސް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ (ޖީއޭސީސީ) އާއި ދިވެހިރާއްޖޭގެ ސިއްޙަތާ ބެހޭ ވުޒާރާއާ ދެމެދުގައެވެ.

މި އެއްބަސްވުމުގައި ސިއްޙަތާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސިއްހަތާ ބެހޭ ވަޒީރުގެ ނައިބު އިސްމާއިލް ޒާހިރެވެ. އަދި ޖީއޭސީސީގެ ފަރާތުން ސޮއިކުރެއްވީ ވައިސް މިނިސްޓަރ ހޫ ހައިޕިންގއެވެ. މި އެއްބަސްވުމުގައި ރާއްޖޭން ޗައިނާއަށް އެކްސްޕޯޓުކުރާ މަހުގެ ބާވަތްތައް އިންސްޕެކްޓުކުރުމާއި ކަރަންޓީންކުރުމުގައި އަމަލުކުރާނެ ގޮތްތަކާއި މިންގަނޑުތައް ކަނޑައަޅާފައިވެއެވެ.

އެއްބަސްވުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން، ސިއްޙަތާ ބެހޭ ވަޒީރުގެ ނައިބު އިސްމާއިލް ޒާހިރު ވިދާޅުވީ މި އެއްބަސްވުމާއެކު ދިވެހި ވިޔަފާރިތަކަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. "2015 ވަނަ އަހަރުން ފެށިގެން ޗައިނާ މާކެޓަށް ރާއްޖޭން މަހުގެ ބާވަތްތައް އެކްސްޕޯޓެއް ނުކުރެވޭ. އެހެންނަމަވެސް މި ޕްރޮޓޮކޯލްގެ ދަށުން ހުއިފިލަނޑާގެ ބާވަތްތަކާއި، ފަރުމަހުގެ ބާވަތްތައް އަދި ކަނޑުމަހުގެ ބާވަތްތައް ޗައިނާއަށް އެކްސްޕޯޓުކުރެވޭނެ," ޒާހިރު ވިދާޅުވިއެވެ.

300 × 250

ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގ ލީޝިން ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން ދެ ޤައުމަށްވެސް ފައިދާވާނެ ކަމަށެވެ. އޭގެ ތެރޭގައި ޗައިނާގެ ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ރާއްޖޭން ސީފުޑު ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. "އެފްޓީއޭއަށްވެސް އަންނަ އަހަރު ކުރީކޮޅު އަމަލުކުރަން ފަށާއިރު، މި އެއްބަސްވުމާއެކު ރާއްޖޭން ޗައިނާއަށް މަހުގެ ބާވަތްތައް އެކްސްޕޯޓުކުރުމަށް ފަސޭހަވެގެންދާނެ," ސަފީރު ވަންގ ލީޝިން ވިދާޅުވިއެވެ.

ސިއްޙަތާ ބެހޭ ވު ވުޒާރާއިން ވިދާޅުވެފައިވާ ގޮތުގައި، ޗައިނާއަށް ކަނޑުމަހުގެ ބާވަތްތަކާއި ސީފުޑްގެ ބާވަތްތައް އެކްސްޕޯޓުކުރެވެނީ ވަކި ޚާއްސަ މިންގަނޑުތަކެއް ފުރިހަމަކުރުމުންނެވެ. މި އެއްބަސްވުމާއެކު އެކަންކަމަށް އެހީތެރިވެދޭނެ ކަމަށް އެ ވުޒާރާއިން ފާހަގަ ކުރައްވާފައި ވެއެވެ.

ކަނޑުފަޅުން ލިބޭ ނަފާ އިތުރުކުރުމަކީ މި ސަރުކާރުގެ މުހިންމު އަމާޒެއްކަން ފާހަގަ ކުރެވެއެވެ. އެގޮތުން ޗައިނާއާއެކު ގާއިމްކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަންނަ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހު އަމަލު ކުރަން ފެށުމަށް ސަރުކާރުން ދަނީ ތައްޔާރު ވަމުންނެވެ.

ސަރުކާރުގެ މަޢުލޫމާތު ދެއްވާ ފަރާތަކުން ވިދާޅުވެފައިވާ ގޮތުގައި، މިހާރުވެސް ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު 700 މިލިއަން ޑޮލަރުގެ ވިޔަފާރި ކުރެވެމުންދެއެވެ. އަދި މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލު ކުރަން ފެށުމާއެކު މި އަދަދު 1 ބިލިޔަން ޑޮލަރަށް އަރާނެކަމަށް ސަރުކާރުން ލަފާކުރައްވައެވެ.

މި އެއްބަސްވުމަކީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށާއި އިގުތިސާދަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމެއްކަމަށް ވިޔަފާރިވެރިން ދެކެއެވެ. ހާއްސަކޮށް 2015 ވަނަ އަހަ އަހަރުން ފެށިގެން ޗައިނާގެ މާކެޓަށް ރާއްޖޭން މަހުގެ ބާވަތްތައް އެކްސްޕޯޓު ނުކުރެވި އޮތުމަށްފަހު، މި އެއްބަސްވުމާއެކު އަލުން އެ ފުރުޞަތު ލިބިގެންދިއުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ފާހަގަކުރެވެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި