1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

492 މިލިއަން ރުފިޔާގެ ފައިދާ އެއް ބީއެމްލްއަށް

BML
ބީއެމްއެލް
އައިޝަތު އަންޖަަލް
374ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ބޭންކް އޮފް މޯލްޑިވްސްއިން މިއަދު ހާމަކުރި 2024 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރ ރިޕޯޓުގައި އެ ބޭންކުން ހަރުދަނާ މާލީ ނަތީޖާއެއް ހޯދައި ދިވެހި މުޖުތަމަޢުއަށް ކޮށްފައިވާ މުހިންމު އިންވެސްޓްމަންޓްތައް ފާހަގަކޮށްފިއެވެ.

ބޭންކުން މި ކުއާޓަރގައި ހިންގުމުގެ ފައިދާގެ ގޮތުގައި 718 މިލިއަން ރުފިޔާ ހޯދާއިފިއެވެ. މިއީ ކުރީ ކުއާޓަރއާ އަޅާބަލާއިރު %2.9 އިތުރު އަދަދެކެވެ. މި ކުއާޓަރގައި ސާފު ފައިދާއެއްގެ ގޮތުގައި 492 މިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ ދެވަނަ ކުއާޓަރއާ އަޅާބަލާއިރު %9.6 އިތުރު އަދަދެކެވެ.

ބޭންކުގެ ލޯނު ޕޯޓްފޯލިއޯ ދަނީ ހަރުދަނާކަމާއެކު ކުރިއަރަމުންނެވެ. މި ކުއާޓަރގައި ވަކިވަކި ފަރުދުންނަށާއި ވިޔަފާރިތަކަށް 1.2 ބިލިއަން ރުފިޔާގެ އައު ލޯނު ދޫކޮށްފައިވެއެވެ. ކުއާޓަރ ނިމުނުއިރު ޖުމްލަ އެސެޓް ހުރީ 44.7 ބިލިއަން ރުފިޔާގައެވެ. ކެޕިޓަލް އެޑިކުއަސީ ރޭޝިއޯ %54 ގައި ހުރިއިރު މިއީ ގަވާއިދުން ލާޒިމުކުރާ މިންވަރަށްވުރެ މަތީ އަދަދެކެވެ.

300 × 250

މި ނަތީޖާއާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފު ވިދާޅުވީ " މާލީ ގޮތުން ހޯދި ރަނގަޅު ނަތީޖާއާ މެދު އަޅުގަނޑުމެން ވަރަށް ފަޚުރުވެރިވަން އަދި ހަމައެހެންމެ މުޖުތަމައަށް އަމާޒުކޮށްގެން ހިންގުނު މަޝްރޫއުތަކާއި ވަކިވަކި ފަރުދުންނަށާއި ރާއްޖޭގެ ވިޔަފާރިތަކަށް އެހީތެރިވުމަށާއި ގައުއުމުގެ މުސްތަގުބަލް އާރާސްތުކުރުމަށް ބޭންކުން ކުރާ މަސައްކަތާމެދުވެސް ފަޚުރުވެރިވަން. މި އަހަރުގެ ބާކީ އޮތް މުއްދަތުގައިވެސް މި ރަނގަޅު ނަތީޖާ ދެމެހެއްޓޭނެކަމުގެ އިތުބާރު އަޅުގަނޑުމެންނަށް އެބައޮތް."

މި ކުއާޓަރގައި ބޭންކުންވަނީ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ސަނާބިލް މަޝްރޫއުއަށް ބޭންކުން ބޮޑު އިންވެސްޓްމަންޓެއް ކޮށްފައިވެއެވެ. އަދި 1 މިލިއަން ރުފިޔާގެ ބޭންކް ފަންޑު ކާމިޔާބުކުރި ފަރާތްތައްވެސް ބޭންކުން ހާމަކުރީ މި ކުއާޓަރގައެވެ. ފަންޑުގެ ދަށުން ތަޢުލީމު، ތިމާވެށި، ކުޅިވަރު އަދި މުޖުތަމައުގެ ތަރައްގިއާ ގުޅޭ ދާއިރާތަކުން 5 މަޝްރޫއުއަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށްވެސް މީއެމްލްއިން ބުނެއެވެ.

މި މަޝްރޫއުތަކުގެ މަގުސަދަކީ ދެމެހެއްޓެނިވި ގޮތްތައް ކުރިއެރުވުމާއި އައު ގޮތްތައް ތަޢާރަފުކުރުމާއި އިޖުތިމާއީ ބޭނުންތަކަށް ފުރުސަތުތައް ހޯދައިދިނުން ކަމަށްވެސް ބޭންކުން ބުނެއެވެ.

 

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި