1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

'ހިޔާވެހި ފައިނޭންސް ސްކީމް' ގެ ދަށުން ދަތިހާލުގައި އުޅޭ ވަރަށް ގިނަ އާއިލާތަކަކަށް ގެދޮރުގެ ތަނަވަސްކަން ލިބިގެންދާނެ: ވަޒީރު ހައިދަރު

hag
"ހިޔާވެހި ފައިނޭންސް ސްކީމް" އިފްތިތާޙް ކުރުމަށް ބޭއްވި ޖަލްސާގައި ވަޒީރު ހައިދަރު ވާހަކަ ދައްކަވަނީ: ފޮޓޯ/ ރައީސް އޮފީސް
މަރްޔަމް ޝަފާ ސައީދު
431ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

"ހިޔާވެހި ފައިނޭންސް ސްކީމް" ގެ ދަށުން މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ދަތިހާލުގައި އުޅޭ ވަރަށް ގިނަ އާއިލާތަކަކަށް ގެދޮރުގެ ތަނަވަސްކަން ލިބިގެންދާނެކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި "ހިޔާވެހި ފައިނޭންސް ސްކީމް" އިފްތިތާޙް ކުރެވުނެވެ. މި ސްކީމަކީ ގެ އަޅަން ބޭނުންވެ އެކަން ނުވެ ތިބި މީހުންނާއި، ގެދޮރު މަރާމާތު ކުރަން ބޭނުންވެ އެކަންވެސް ނުވެފައި ތިބި މީހުންނަށް ކުޑަ އިންޓަރެސްޓް ރޭޓްގައި ލޯނު ދޫކުރުމަށް ކުރިއަށް ގެންދާ ޚާއްސަ ސްކީމެކެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ހައިދަރު ވިދާޅުވީ، "ހިޔާވެހި ފައިނޭންސް ސްކީމް" އަކީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ރައްޔިތުންނަށް މާލީ ގޮތުން ދިމާވެފައިވާ ދަތިތައް ހައްލު ކުރުމަށް ހުޅުވާލެވޭ "ދޮރޯއްޓެއް" ކަމަށެވެ.

300 × 250

މި ސްކީމްގެ ދަށުން ރާއްޖޭގެ އެކި ރަށްރަށުްރަށުގައި ގެދޮރުނޭޅި ފަޅަށްހުރި ގޯތިތަކުގައި ގެދޮރު އިމާރާތްކުރުމަށް 5% ގެ ސާރވިސް ޗާޖެއްގައި ފައިސާ ދޫކުރެވޭނެއެވެ. މި ސްކީމްގައި ތިން ކެޓަގަރީއެއް ހިމެނެއެވެ. އެއީ ހުރިހާ ރަށަކަށް ދޫކުރެވޭ 1 މިލިއަން ރުފިޔާގެ ފައިސާއަށްވާ ގެދޮރު އިމާރާތް ކުރުމަށް ބޭނުންވާ ވަސީލަތްތަކާއި ހައުސިންގ ލޯން ވަސީލަތްތަކާއި، މާލޭ ސަރަހައްދަށް ދޫކުރެވޭ 6 މިލިއަން ރުފިޔާގެ ވަސީލަތްތަކާއި އަދި އާބަން ސަރަހައްދުތަކަށް ދޫކުރެވޭ 3 މިލިއަން ރުފިޔާގެ ވަސީލަތްތަކެވެ.

ވަޒީރު ހައިދަރު ވިދާޅުވި ގޮތުގައި، މި ވަސީލަތްތަކަކީ އާއިލާތަކަށް ފުރަތަމަ ބޯހިޔާވަހިކަން ހޯދުމަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން އެކުލަވާލި ފައިނޭންސް ސްކީމްގެ ދަށުން ދޫކުރެވޭނެ ތަކެތި ކަމަށެވެ. އެހެންކަމުން މި ސްކީމަށް ހުށަހަޅާ ފަރާތުގެ ނަމުގައި އަމިއްލަ ނުވަތަ ދައުލަތުން ދޫކޮށްފައިވާ ބޯހިޔާވަހިކަމެއް އޮވެގެންނުވާނެކަމަށް ވަޒީރު ހައިދަރު ވިދާޅުވިއެވެ.

މި ލޯނަށް ކުރިމަތިލާން ޖެހެނީ ހިޔާވަހި ޕޯޓަލް މެދުވެރިކޮށެވެ. މާދަމާއިން ފެށިގެން ލޯނަށް އެދި ހުށަހެޅޭނެ ކަމަށް ވަޒީރު ހައިދަރު ވިދާޅުވިއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި