އާމްދަނީ ލިބޭ މަސައްކަތެއްގެ ގޮތުގައި ރާއްޖޭގައި މެރިކަލްޗަރ ތަރައްގީކުރުމަށް ޓަކައި އެ ދާއިރާއިން މީހުން ބިނާކުރުމަށް މަސްވެރި ވުޒާރާއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބޭސިކް މެރިކަލްޗަރ ކޯހުގެ ދެވަނަ ބެޗް ކ. މަނިޔަފުށީގައި ފަށައިފިއެވެ.
މި ކޯހުގައި ދަސްކޮށްދޭ ބައިތަކުގެ ތެރޭގައި އެކުއަކަލްޗަރ ކުރުމަކީ ކޮބައިކަމާއި އާންމުކޮށް އެކުއަކަލްޗަރގައި ބޭނުން ކުރާ ނިޒާމްތަކާއި އެނިޒާމްތައް މަސައްކަތް ކުރާ ގޮތްތަކާއި އެކުއަކަލްޗަރ ކުރުމުގައި ބޭނުންކުރާ ތަފާތު ބާއްވަތަކުގެ ކާނާއާއި ދިރޭކާނާ އާލާކޮށް ގެންގުޅެން ހިމެނެއެވެ.
އަދި ފާނައާއި ހުއިފިލަނޑާއާއި މާގަނޑުމަހާއި އިތާމުތް އާލާކުރުމުގެ އެކިއެކި މަރުހަލާތަކާއި އެ ބާވަތްތައް އާލާކުރަން ވެސް ދަސްކޮށްދެވޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.