އެންޓި-ކޮރަޕްޝަން ކޮމިޝަނާއި، އިލެކްޝަންސް ކޮމިޝަން އަދި ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުންތަކެއް މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ. މި މައްސަލަތައް މަޖިލީހަށް ފޮނުވާފައިވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލަތަކާ ގުޅިގެން އެ ކޮމިޓީންނެވެ.
މަޖިލީހަށް ފޮނުވާފައިވާ މައްސަލައިގައިވާގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަނުން ވަކި ކުރުމަށް ނިންމާފައިވަނީ އެ ކޮމިޝަނުގެ ނައިބު ރައީސް އަލްއުސްތާޛު އަބްދުއްސަލާމާއި މެންބަރު އަލްއުސްތާޛު ޠާހާ މުޙައްމަދެވެ. މި ދެ މެންބަރުން ވަކި ކުރުމަށް ނިންމާފައިވަނީ އެ ކޮމިޝަނުގެ ޤާނޫނާ ޚިލާފުވެފައިވާތީކަމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މަޖިލީހަށް ހުށަހެޅި ސިޓީގައި ވަނީ ބަޔާންކޮށްފައެވެ. އެންޓި ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނުގައި އެކޮމިޝަނުގެ ވާޖިބު އަދާކުރުމުގައި މެންބަރުން ބިރަކަށް ނުވަތަ ނުފޫޒަކަަށް ލެނބިގެން ނުވާނެ ކަމަށާއި އެއްވެސް ކަމެއްގައި އަމިއްލަ މަސްލަހަތެއް ހާސިލްކޮށްގެން ނުވާނެކަމަށް ބަޔާންކޮށްފައިވާއިރު އެ ކޮމިޝަނުގެ ނައިބު ރައީސް އަބްދުއްސަލާމާއި، މެންބަރު ޠާހާ އެ މާއްދާތަކާ ޚިލާފުވެފައިވާކަމަށްބުނެ މައްސަލަތައް ލިބިފައިވާ ކޮމިޓީގެ ސިޓީގައި ވަނީ ބުނެފައެވެ. އިލެކްޝަންސް ކޮމިޝަނުން ވަކި ކުރުމަށް ނިންމާފައިވަނީ އެ ކޮމިޝަނުން ނައިބު ރައީސް އަލީ ނަޝާތުއާއި މެންބަރުން ކަމަށްވާ މުޙައްމަދު އާސިފް އަދި ޑރ. މުޙައްމަދު ޒާހިރެވެ. އެ ތިން މެންބަރުން ވަކި ކުރުމަށް ނިންމާފައިވަނީ އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑާ ޚިލާފަށް އަމަލުކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެންކަމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފޮނުވި ސިޓީގައި ވަނީ ބުނެފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.